އެންވަޔަރަމަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އެންވަޔަރަމަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލަ މިއަދު 13:26 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެެވެ. ޖުމުހޫރީ ޕާޓީގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި އަލީ ސޯލިހަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުުހުން ބުނީ އަލީ ސޯލިހަށް ހަމަލާދިން މައްސަލައިގައި ދިވެހި ފިރިހެނަކު ހަައްޔަރުކޮށްފަައިވާ ކަމަށެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.
ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން އަލީ ސޯލިހް ވިދާޅުވީ ހުޅުމާލޭގައި ސައިކަލު ދުއްވާފައި ދަނިކޮށް ސައިކަލެއްގައި އެމީހާ އައިސް ތިޔައީ ސަރުކާރު މީހެކޭ ދުއްވާލަން ޖެހޭ މީހެކޭ ބުނެ ދިމާކުރި ކަމަށާއި ކަޓަރެއް ނަގާ ކަރުގައި ޖެއްސި ކަމަށެވެ. އެވަގުތު އެ ސަރަހައްދުން ދިޔަ ޔުނިފޯމު އެޅި ސިފައިންގެ ބޭކަލަކަށް ގޮވުމުންވެސް އެހީ ނުވެ ދިޔުމުން ސަލާމަތްވާން ސައިކަލު ދުއްވާލި ވަގުތު ދެމީހުން ވެއްޓުނު ކަމަށާއި ދެން ދުވެފައި ގޮސް ޕިކަޕަކަށް އެރީ ކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ސޯލިހް ވިދާޅުވީ އާޔަތެއް ކިޔުމަށްފަހު ހަމަލާދިން މީހާ އުޅުނީ އޭނާ ކަތިލަން ކަމަށެވެ.
"އަޅުގަނޑަށް ދިން ހަމަލާގައި އަތުގެ އުޅަނބޮށި ތިރިން ކަފައިގެން ދިޔަ.” އަލީ ސޯލިހް ވިދާޅުވިއެވެ.
އަލީ ސޯލިހަށް ހަމަލާ ދިން މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މީގެ ދުވަސްތަކެއް ކުރިން ސަލްމާން މިސްކިތުގައި ހުކުރު ނަމާދެއްގައި މިންބަރަށް އަރައި މަސްލަހަތު ނަގާލައިގެން ހައްޔަރުކުރި މީހާ އެވެެ. އެެމީހާ ހައްޔަރުކުރުމަށް ފަހުން ފުލުހުން އޭނާ ދޫކޮށްލީ އޭނާ އަކީ ނަފްސާނީ ބަލި މީހެއް ކަމަށް ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު