އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 4 މީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ބަނގްލަދޭޝްގެ ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 4 މީހެއްގެ މައްޗަށް، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ ހުށަހަޅާފައިވާކަމަށެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 18 އޮގަސްޓު 2022 ދުވަހުކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ނަމަވެސް ދައުވާކުރަން ހުށަހެޅި މީހުންގެ ތަފްސީލެއް ހާމައެއް ނުކުރެއެެވެ.
ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އާލަމްގީރްއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި 3 މީހަކު ވަނީ މީގެކުރިން ހައްޔަރުކޮށްފައެވެ. އެއީ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި، ކުރީގެ މެމްބަރު މުހައްމަދު ނަޝީދާއި ފުލުސް އޮފިސަރެކެވެ. ނަމަވެސް މި އެންމެން މިހާރު ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު