އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ސްޓާފް ނައިޓެއް ބާއްވައިފިއެެވެ.

ފެން ކުންފުނީގެ ސްޓާފް ނައިޓް ބޭއްވީ ހުޅުމާލޭގައި ހުންނަ ހުރަވީ ސުކޫލުގައެވެ. މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި މި ސްޓާފް ނައިޓްގަަައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އެކުންފުނީގެ ބޯޑް ޑިރެކްޓަރުންނާއި ސީނިއަ މެނޭޖްމަންޓް ޓީމުގެ މެމްބަރުންގެ އިތުރުން އެ ކުންފުނީގެ މުވަައްޒަފުން ބައިވެރިވިއެވެ.

އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ ހުށައެޅުންތަކާއި އެކު ބޭއްވި މި ހަފުލާގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންނާއި ރިޓަޔަ ކޮށްފައިވާ މުވައްޒަފުންނަށް އެކަމުގެ އަގު ވަޒަން ކޮށް އެވޯޑް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ކޮވިިޑް ބަލިމަޑު ކަމުގެ ތެރޭގައި އެކުންފުނީގެ މުވައްޒަަފުންގެ ކުރި ޚިދުމަތްތަކުގެ އަގު ވެސް މި ހަފުލާގައި ވަނީ ފާހަަގަކޮށްފައެެވެ. އެ ޢެވޯޑްތައް ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ކުންފުނީގެ ބޯޑް ޑިރެކްޓަރުންނެެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ އެފަދަ ހަފުލާ އެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކޮށް މުވައްޒަފުން ކުންފުންޏަށް ކޮށްދީފައިވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެގޮތުގައި ކުރިއަަށް ދިޔުމުގެ ރޫޙު އާލާކޮށް ހިތްވަރު ދިނުން ކަމަށެވެ. ކޮވިޑުގެ ދަތި އުދަނގޫ ހާލަތުގައި ކުންފުނީގެ މުވައްޒަފުން ކުރި މަސައްކަތް ފާހަގަކުރަށްވައި އެމްޑީ ޝާހް ވެސް ވަނީ މި ހަފުލާގައި މުވައްޒަފުންނަށް ޝުކުރު އަދާކުރަށްވާފައެވެ.

އެމްޑަބްލިއުއެސްސީ އަކީ 100 ޕަސެންޓް ދިވެހި މެނޭޖްމަންޓެއް އޮތް ކާމިޔާބު ހިންގަމުންދާ ދިވެހި ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެެވެ.އެމްޑަބްލިއުއެސްސީ އިން ބުނީ އެ ކާމިޔާބީތަކުގެ ހަގީގީ މޭސްތިރިންނަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ އެ ކުންފުނިން ނުހަނު އިސްކަން ދޭ ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު