ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް، ވިލިމާލޭ ފަރަށް އެރިތާ އެތައް ދުވަހެއް ވެފައިވާއިރު, އެ އުޅަނދު ނެގުމުގެ މަސައްކަތް ކުރިއަށް ނުދާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ.
މި މައްސަލައިގައި ވިދާޅުވީ ވިލިމާލޭ ފަރުގައި ޕްލެޓްފޯމް އޮތުމުން އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ވިލިމާލެ ފަރަށް ލިބެމުންދާކަަމަށެވެ. އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތުގެ ފެންވަރު ސަރުކާރުން ކައިރިން ބަލަން ޖެހޭކަަމަށްވެސް މިމައްސަލަ ހުށަހަޅުއްވަމުން އުޝާމް ވިދާޅުވިއެވެ.
މިމައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 19 މެމްބަރުންގެ ތެރެއިން 16 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މިމައްސަލައަށް ބަހުސްކުރެއްވި މެމްބަރުންވެސް ވަނީ އުޅަނދު ނުނަގާ ގިނަ ދުވަސްވާ މައްސަލަ ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުމަށް މަސައްކަތްކުރާ ކުންފުނި ޒިންމާކުރުވަންޖެހޭކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.
ބައެއް މެމްބަރުން ވިދާޅުވީ ކަނޑުމަޑު ދުވަހެއްގައި ބޮޑު ޕްލެޓްފޯމެއް، އެހާ ފަސޭހައިން ކަހާލީ ކޮން ސަބަބަކާ ހެދި ކަމެއް، ދައުލަތުގެ އެއްވެސް އިދާރާއަކުން އަދިވެސް ސާފުކޮށްދީފައި ނުވާކަމަށެވެ.
ތިލަމާލެ ބްރިޖުގެ ޕްލެޓްފޯމެއް ފަރަށް އެރުމާއި ގުޅިގެން އީޕީއޭއިން ދަނީ ފަރަށް ލިބުނު ގެއްލުންތައް ބަލަމުންނެވެ.
ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރީ އެންކަރިންގެ ތެރޭގައިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު