ހޮރައިޒަން ފިޝަރީޒް މޯލްޑިވްސްއަށް ގއ. ހޯޑެއްދޫން ދޫކޮށްފައިވާ ބިމުގައި ފެކްޓްރީއެއް އަޅައި، މަސްގަތުމުގެ މަސައްކަތް ނުފަށާ އޮތީ އެކަމުން އެ ކުންފުންޏަށް ފައިދާ ނުވާނެތީ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ހޯޑެއްދޫން ހޮރައިޒަނަށް ދޫކޮށްފައިވާ ބިމުގައި މަސައްކަތް ފެށުމާ ބެހޭ ގޮތުން އެމަނިކުފާނު އެކުންފުންޏާ ވާހަކަ ދެއްކެވި ކަމަށެވެ.
އެ ތަނުގައި ފެކްޓްރީ އަޅަން ފަސް މިލިޔަން ނުވަތަ ހަ މިލިޔަން ޑޮލަރު ހަރަދުވާނެ ކަަމަށް ހޮރައިޒަން އިން ބުނާ ކަމަށާއި އެވަރަށް ހަަރަދުކޮށްގެން މަސައްކަތް ނިންމިޔަސް އެތަނުގައި މަސް ގަނެ ޕްރޮސެސްކުރުމަކީ ވިޔަފާރީގެ ގޮތުން ބަލާއިރު ކުރެވޭ ވަރު ކަމެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުނި ކަމަށް މިނިސްޓަރު ޑރ.ހުސައިން ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކަނޑުމަސް ގަނެވޭނެ އެންމެ ދަށް އަގަކީ ކިލޯއަކަށް 13 ރުފިޔާ ކަމަށް ވީ ނަމަވެސް ދައުލަތުގެ ކުންފުނި، މިފްކޯއިން މަސް ކިލޯއެއް ގަންނަމުން އަންނަނީ 17 ރުފިޔާއަށް ކަމަށެވެ. އަދި ހޯޑެއްދޫގައި ފެކްޓްރީ އަޅައި 17 ރުފިޔާއަށް ކިލޯއެއްގެ މަގުން މަސް ގަނެގެން ފައިދާވާނެ ކަމަށް ހޮރައިޒަން އަށް ނުފެންނަ ކަމަށާއި ހޯޑެއްދޫގައި ފެކްޓްރީ ނާޅާ އެންމެ ބޮޑު ސަބަބަކީ އެއީ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މަސް މި ގަންނަ އަގުގައި އެމީހުން ލައްވާ މިކަން ކުރުވާނެ ގޮތެއް އިއްޒަތްތެރި ރައީސް އަޅުގަނޑަކަށް ނުވިސްނޭ، 17 ރުފިޔާ އަށް މަސް ގަނެގެން އެއިން ފައިދާ ވާނެ ކަމަށް އެެ ކުންފުންޏަށް ނުފެންނާތީ އެ ކޮމްޕެޓިޝަންގަައި ބައިވެރިވިޔަސް އެމީހުންނަށް އެކަަށީގެންވާ މަހެއް ނުލިބޭނެ ދެއްތޯ. 13 ރުފިޔާ 14 ރުފިޔާއަށް ގަންނާކަށް ނުލިބޭނެ 17 ރުފިޔާ އަށް ގަންނަން ހުއްޓާ އަޅުގަނޑަަކަށް ފެންނަނީ އެއީ ކަމަށް އެންމެ ބޮޑު މައްސަލަ އަކަށް ދިމާވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު