ސިވިލް ކޯޓުގެ އިސްގާޒީ އަބްދުالله އަލީ ރިޓަޔާކުރައްވަން ނިންމި ނިންމުން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ގަބޫލުކޮށްފިއެވެ.
ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވީ ގާޒީ އަބްދުالله އަލީގެ ރިޓަޔަމަންޓް ގަބޫލުކޮށް, އިއްޔެ ގާޒީއަށް އެކަން އަންގާފައިވާކަމަށެވެ. އަދި ރިޓަޔާ ކުރެއްވުމުގެ ކުރިން މިހާރު ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ނިންމަން ޖެހޭ މައްސަލަތައް ނިންމުމަށް އުސޫލުގެ ދަށުން ދޭ 14 ދުވަސް ދީފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ އަބްދުالله އަލީ ރިޓަޔާކުރެއްވުމުން ސިވިލް ކޯޓުގެ ހިންގުން ހަވާލުކުރަން ނިންމާފައިވަނީ އެ ކޯޓުގެ ގާޒީ އަހުމަދު ނިމާލު ޖުނައިދާއެވެ.
ގާޒީ އަބްދުالله އަލީ ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް ރަސްމީކޮށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރުއެވެ. ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ގާޒީ އަބްދުالله އަލީއަކީ މެޖިސްޓްރޭޓްކަންވެސް ގިނަ އަހަރުތަކަކު ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު