ސާޖެންޓް އެޓް އާމްސް ވަކިކުރުމުގެ މަސައްކަތް މަޖިލީހުގައި ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވަނީ މަޖިލިހުގެ ރައީސްގެ މޭޒުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައެވެ.
މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަޤާމުގައި ހުންނެވި މުހައްމަދު ހަލީމް މުސާރަ ލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ހުންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މަޖިލިހުން ހަލީމް ސަސްޕެންޑް ކުރީ ޖެނުއަރީ 27 2021 ގައެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ބަލަމުންދިޔަ މައްސަލަައަކާއި ގުޅިގެން ހަލީމް ސަސްޕެންޑްްކުރިނަމަވެސް، އެއީ ކޮން މައްސަލައެއްކަން ހާމަކޮށްފައެއް ނުވެއެވެ.
މަޖިލީޙުގެ މިއަދުގެ ޖަލްސާގައި ވަނީ އާންމު ކޮމިޓީން ބެލި މައްސަލަ ނިންމައި މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާގައި މި ރިޕޯޓަށް ވޯޓަށް އަހާނެކަމަށެވެ.
2013 ވަނަ އަހަރު އުފެއްދި މަޖިލީހުގެ އިދާރާގެ ސާޖެންޓް އެޓް އާމްސްގެ މަޤާމަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސް މަގާމެވެ.

ކިޔުންތެރިންގެ ހިޔާލު