ބްރިޖާއި ހުޅުމާލެ ގުޅިފައި އޮންނަ ހަލިމަގުގައި ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ފުރޮޅާލައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ބްރިޖާ ގުޅިފައިވާ ހަލިމަގުން ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލާފައިވާކަމުގެ ރިޕޯޓު ލިބިފައި ވަނީ ރޭ މެންދަމު 02:58 ހާއިރު ކަމަށެވެ. މި ހާދިސާގައި ކާރުގެ ތެރޭގައި ތިބި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށް ފުލުހުން ބުނެއެވެ. ފަރުވާ ދިނުމަށްފަހު އެމީހުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެެވެ.

ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުން މި އެކްސިޑެންޓުވި ވެހިކަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. ފުލުހުން ގެންދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގް ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު