އެމްޑީޕީގައި އަބަދުވެސް ޚިޔާލު ތަފާތުވާނެ ކަމަށާއި އެކަަމަށް ހައްލު ހޯދާނީ މަޝްވަރާއިން ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްްޖެއެވެ.

އެމްޑީޕީގެ ކޮންގުރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދަައްކަވަމުން އެމްޑީޕީގެ ޗެއާޕާސާން ފަައްޔާޒު އިސްމާއިލް ވިދާޅުވީ އެޕާޓީއަކީ ތަފާތު ޚިޔާލުތަކަށް މަރުހަބާކިޔާ ޕާޓީއެއްކަަމަށާއި އެފަދަ ޚިޔާލުތަފާތުވުންތަކަށް ޕާޓީން ހައްލުހޯދާނީ މަޝްވަރާކޮށްގެންކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީގެތެރޭގައި ޚިޔާލުތަފާތުވުންތައް ހުންނާނެކަމަށާއި، އެޚިޔާލުތަފާތުވުންތައް އެއްގޮތްކުރުވުމުގައި ކުރަންޖެހުނު ހުރިހާ ކަމެއް ކުރައްވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕާޓީ ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަަމަށެވެެ. ފައްޔާޒް ވަނީ މި ކޮންގްރެސްގައި ޕާޓީގެ ހިންގުމަށް އިދާރީގޮތުން ފަސޭހަވާނެ މުހިންމު ނިންމުންތަކެއް ނިންމާފައިވާކަން ފާހަގަކުރައްވައި ކޮންގުރެސްގެ ބައިވެރިންނަށް ޝުކުރު އަދާ ކުރަށްވާފައެވެ.

"މިއަދުން ފެށިގެން ޕާޓީ އިތުރަށްވަރުގަދަކުރުމަށް މަސައްކަތްކޮށް އިންތިޚާބުތައް ކާމިޔާބުކުރަން މަސައްކަތް މި ފެށީ." އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައީސް ނަޝީދު 4 ވަނަ އެމްޑީޕީގެ ކޮންގްރެސްއަށް ހުށައެޅުއްވި ގަރާރު މިވަގުތަށް ހުށަނާޅާ ވަަނީ މަޑު ޖައްސާލާފައެެވެ.

ކޮންގުރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް ސާލިޙު ވިދާޅުވީ އެމްޑީޕީން ދެން އަމާޒު ބަހައްޓަންވީ ސީދާ ރިޔާސީ އިންތިހާބަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެހެން ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު