ބަރުލަމާނީ ނިޒާމަށް ބަދަލުވުމަށް އެ މަނިކުފާނު ހުށައެޅުއްވި ގަރާރު ގެންދެވީ އެކަމަށް މަޝްވަރާކުރަން އެއްބަސްވެވިފައި އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމްބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވަން ނިންމެވި ގަރާރު ހުށަނާޅުއްވަން އެމަނިކުފާނު އެންމެ ފަހު ވަގުތު ވަނީ ނިންމަވާފައެވެ. އެކަމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮންގްރެސްއަށް ގަރާރު ހުށަހެޅުމުގެ ކުރިންނާއި ވޭތުވެދިޔަ ދެތިން ދުވަހު ވެސް އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެއްވި ކަމަށެވެ. ކުރިން ނިންމެވި ގޮތަށް ގަރާރާމެދު މިއަދު ބަހުސްނުކޮށް އެއްބަސްވެވުނީ އިތުރަށް މަޝްވަރާކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އާއި ތި ހުރިހާ ބޭފުޅުންނާ އެކުގައި މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއް، އެންމެންނަށް ގަބޫލުކުރެވޭ ގޮތަށް މިކަމުގައި ފެނިގެންދާނެ،" އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ރަައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް އެކުގައި ތިބެ އެއް ޚިޔާލެއްގައި ތިބެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމަށެެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ އެހެން ގުނަން ތަކާއި މަޝްވަރާކޮށްގެން އެއްގޮތް ހަމަތަކެއް އުސޫލުތަކެއް ހޯދޭނެ، އެއީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް ވިދާޅުވި ފަދައިން ކުރިއަށް މި އޮތް އިންތިޚާބު ކާމިޔާބު ކުރުމަށާއި ޚިޔާލުތައް އެއްގޮތް ކުރުމަށް އަޅުގަނޑުމެން އަވަސްވެ ގަންނާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ބަރުލަމާނީ ގަރާރު ރައީސް ނަޝީދު އަނބުރާ ގެންދެވީ އެމްޑީޕީގެ ކޮންގްރެސްގެ އެންމެ ފަހު އައިޓަމެއްގެ ގޮތުގައި ބަރުލަމާނީ ގަރާރު އެޖެންޑާކޮށްފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު