އެމްޑީޕީގެ ކޮންގްރެސްގައި ނަގާ ވޯޓުތައް ހާމަކޮށްގެންދަން ފެންނަ ނުފެންނަ ވޯޓުލުން ކުރިއަށްދަނީ.
އެމްޑީޕީގެ ކޮންގްރެސްގައި ނަގާ ވޯޓުތައް ހާމަކޮށްގެންދަން ފެންނަ ނުފެންނަ ވޯޓުލުން ކުރިއަށްދަނީ.
އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް މުޙައްމަދު ނަޝީދު ހުށަހަޅަން ނިންމެވި ބަރުލަމާނީ ގަރާރު ފަހުވަގުތު، ހުށަނާޅުއްވަން ނިންމަވައިފިއެވެ.

މިކަން އިއުލާނު ކުރައްވާފައިވަނީ ކޮންގްރެސްގެ ތެރެއިން އެންމެ ފަހު އެޖެންޑާގައި އެމަނިކުފާނުގެ ގަރާރު ހުށަހެޅުމަށް ރިޔާސަތުން ފުރުސަތު އެރުވުމުން ރިޔާސަތަށް ވަޑައިގެން ރައީސް ނަޝީދެވެ.

މުޅި ކޮންގްރެސްގައި ވެސް އެންމެ ހޫނު ބަހުސެއްގެ ގޮތުގައި އޮތް ބަރުލަމާނީ ނިޒާމާއި ގުޅޭ ގަރާރު، އެޖެންޑާގެ ކުރިން ނަންގަވާފައިވާކަމަށް މިއަދު އަޑުފެތުރުނު ނަމަވެސް، ރައީސް ނަޝީދުގެ ބައެއް އަރިސް ބޭފުޅުން ވިދާޅުވަމުން ގެންދެވީ އެ ގަރާރު އަނބުރާ ގެންދަވަން އެމަނިކުފާނު ނިންމަވާފައި ނުވާކަމަށެވެ.

ނަމަވެސް، ގަރާރަށް ބަހުސްކުރުމުގެ ވަގުތު ޖެހުމުން އެމަނިކުފާނުވަނީ އެ ގަރާރަށް މި ކޮންގްރެސްގައި މަޝްވަރާ ނުކޮށް، ކޮންގްރެސްގެ ބޭރުން ކުރިއަށް އޮތް ދުވަސްތަކުގައި ހައްލު ހޯދަން މަސައްކަތް ކުރައްވަން ގަސްދު ކުރައްވާފައިވާކަން އިއުލާނު ކުރައްވާފައެވެ.

އެކަން އެމަނިކުފާނު އިއުލާނު ކުރެއްވުމާއެކު މުޅި މާލަމުން ވަނީ ތަރުހީބުގެ އަތްތިލަބަޑީގެ އަޑު ގުގުމާލާފައެވެ.

ބަރުލަމާނީ ނިޒާމާގުޅޭ ގަރާރު ނެންގެވުމަށް ނިންމެވުމާއެކު، ރައީސް ޞާލިޙް ވެސް ވަނީ ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދަށް ޝުކުރު އަދާ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު