އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށްފަހު އޭނާ ބަންދުން ދޫކޮށްލައިފިއެވެ.
މާލެތެރޭގަައި އެއްޖިންސުން ގުޅުން ހިންގާކަމުގެ ރިޕޯޓްތަކާއިއެކު ފުލުހުން ހިންގި އޮޕަރޭޝަންގައި ނަސީރު ހައްޔަރު ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ތިން ދުވަސް އިތުރުކޮށްދިނެއެވެ. އެއީ ދައުވާ ކުރުމާ މެދު ފުލުހުން ގޮތެއް ނިންމުމަށް ދިން މުއްދަތެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީރަށް ދައުވާކުރަން ޕީޖީއަށް މިހާރުވަނީ ފުލުހުން ފޮނުވާފައެވެ. އަދި ދައުވާ ކުރަން ފޮނުވުމަށްފަހު މިހާރުވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ.
މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވީ، ގާނޫނު އޮތްގޮތުން ބަންދުގައި ބަހައްޓަންޖެހޭ ގާނޫނީ ސަބަބެއް ނެތުމުން، ނަސީރުގެ ބަންދުގެ މުއްދަތު އިތުރުކުރަން ހުށަނާޅަން ނިންމީ ކަމަށެވެ.
ނަސީރު ދޫކޮށްލަން ނިންމިއިރު، އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލާގައި ދެން ހައްޔަރުކުރި ކުރީގެ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު ވެސް ވަނީ ޕީޖީގެ ލަފާގެ މަތިން ބަންދުން ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު