ދެމެހެއްޓެނިވިގޮތުގައި ކުނި މެނޭޖްކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން "ފަސްގަނޑު" ގެ ނަމުގައި ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ކެމްޕޭން ރަސްމީކޮށް އިފްތިތާޙްކުރުން އޮންނާނީ، 22 އޮގަސްޓް 2022 ވާ ހޯމަދުވަހު 11:30 ގައި އެ މިނިސްޓްރީގެ އެން.ސީ.އައި.ޓީ ބިލްޑިންގްގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައިކަމަށެވެ.
ހޯމަދުވަހު އިފްތިތާޙު ކުރެވޭ 'ފަސްގަނޑު' ގައުމީ ކެމްޕޭނަކީ ފަރުދީ ފެންވަރުން ފެށިގެން ރަށު ފެންވަރުގައި، ސަރަޙައްދީ އަދި ގައުމީ ފެންވަރުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުން މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕޭނެއްކަމަށް މިނިސްޓްރީން ބުނެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކުންޏާއި ވަޞީލަތްތައް މޭނޭޖްކުރުމާއި، މި މުހިންމު މަސައްކަތް ރާވާ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ދިރާސާތަކެއް ކުރެވި، ޢާންމު ރައްޔިތުންނަށް އަމާޒުކުރެވިގެން ކެމްޕެއިނެއް ފަރުމާކޮށް، ޕްލޭންތަކެއް އެކުލަވާލެވި، މި ކެމްޕެއިން ތަންފީޒުކުރުމަށް ބޭނުންވާ "ފަސްގަނޑު" ނުވަތަ ޓޫލްކިޓް ވަނީ މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިކަމަށެވެ.
ދިވެހިރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ރަށްތަކުގައި އުފެދޭ ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް ދިމާވާ ދަތިތަކުގެ މައްސަލައެވެ. ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތުގެ ސަބަބުން، ކުނި މެނޭޖްކުރުމަށް ގިނަ ގޮންޖެހުންތައް އަންނަނީ ކުރިމަތިވަމުންނެވެ.

#Fasgandu pic.twitter.com/ZqXemvSk6E
— Min. of Environment, Climate Change and Technology (@MoEnvmv) August 20, 2022
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކުންޏާއި ވަޞީލަތްތައް މޭނޭޖްކުރުމާއި، މި މުހިންމު މަސައްކަތް ރާވާ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ދިރާސާތަކެއް ކުރެވި، ޢާންމު ރައްޔިތުންނަށް އަމާޒުކުރެވިގެން ކެމްޕެއިނެއް ފަރުމާކޮށް، ޕްލޭންތަކެއް އެކުލަވާލެވި، މި ކެމްޕެއިން ތަންފީޒުކުރުމަށް ބޭނުންވާ "ފަސްގަނޑު" ނުވަތަ ޓޫލްކިޓް ވަނީ މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިކަމަށެވެ.
ދިވެހިރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ރަށްތަކުގައި އުފެދޭ ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް ދިމާވާ ދަތިތަކުގެ މައްސަލައެވެ. ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތުގެ ސަބަބުން، ކުނި މެނޭޖްކުރުމަށް ގިނަ ގޮންޖެހުންތައް އަންނަނީ ކުރިމަތިވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު