އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ޤަރާރު ނަގަން އެއްބަސްވެވަޑައިގެންފައިވާކަން ކަށަވަރުވެއްޖެއެވެ.
ރައީސް ނަޝީދުގެ ބައެއް ގާތް ބޭފުޅުންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނާގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޮންގްރެސްގެ ތެރެއިން މަޝްވަރާ ކުރައްވާފައިވަނީ އެކުގައި ދެވޭނެ ގޮތެއް ހޯދުމަށްކަމަށާއި އެކަމަށް ދެ ރައީސުންވެސް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.
ނަޝީދާއެކު ކުރެއްވި މަޝްވަރާގައި ބަރުލަމާނީ ގަރާރު ނެގުމަށް އެއްބަސްވެފައިވާކަމަށް ރައީސް ސާލިހުގެ ބައެއް ގާތް ބޭފުޅުންވެސް ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.
ރަސް އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަރާރާ ގުޅޭ ގޮތުން އިތުރަށް ރައީސް ސާލިހާއާއެކު މަޝްވަރާ ކުރުމަށް ގަރާރު ނަންގަވާނެކަން ނަޝީދު އިއުލާން ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރު ނަގަން އެއްބަސްވެވަޑައިގެންފައި ވާއިރު، އެ ޤަރާރު އޮތީ ކޮންގްރެސްގެ މެންދުރުފަހުގެ ދަންފަޅިއަށް އެޖެންޑާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު