އެމްޓީސީސީން މިނީ ބަހުގެ ޓެސްޓް ދަތުރުތަކެއް ބާއްވައިފިއެވެ.

އެމްޓީސީސީން ބުނީ އިއްޔެ ބޭއްވި ޓެސްޓް ދަތުރުތަކުގައި އެކުންފުނީގެ މުވައްޒަފުންނާއި މާލެ ސިޓީ ކަައުންސިލާއި ފުލުހުންގެ ފަރާތުން ބައިވެރިވިކަމަށެވެ. އެމްޓީސީސީން ބުނީ މިދަތުރުތަކުގެ ބޭނުމަކީ މިނީ ބަހުގެ ހިދުމަތް ކަސްޓަމަރުންނަށް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުންކަމަށެވެ.

އެމްޓީސީސީން ދަނީ މިނބަހުގެ ހިދުމަތް ފެށުމަށް ތައްޔާރީތައްވަމުންނެވެ. ނަމަވެސް އެ ހިދުމަތް ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.



އެމްޓީސީސީން ވަނީ މިނީ ބަހުގެ ޚިދުމަތް ފަށާއިރު ފުރަތަމަ 2 ހަފްތާގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖަައްސާނެކަމަށް ބުނެފައެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

މާލެއާއި އަތޮޅުތަކުގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިދިޔަމަހުގެ 16 ވަނަ ދުވަހު އެމް.ޓީ.ސީ.ސީން ރާއްޖެއަށް ވަނީ ގެނެސްފައެވެ. މީގެ ތެރެއިން މާލޭގައި މި ޚިދުމަތް ދިނުމަށް 12 ބަހެއް ބޭނުންކުރާނެއެވެ. އަލަށް ގެނައި މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު