އެމްޑީޕީގެ ކޮންގްރެސްއަށް އެޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށް ގޮފިތައް ހަދައިގެން މަންދޫބުން އައިސްފައިވާކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން ކޮންގްރެސް ހޫނުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސް ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ކޮންގްރެސްގެ އެންމެ ފަހު އައިޓަމެއްގެ ގޮތުގައި އެޖެންޑާކޮށްފައިވާ ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ޤަރާރަށެވެ.
އެ ޤަރާރަށް ތާއީދު ހޯދުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، ނަޝީދު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، ކޮންގްރެސްއާއިމެދުވެސް ސުވާލު އުފައްދަވައި ބައެއް ތުހުމަތުތައް ކުރަށްވާފައި ވެއެވެ. އެގޮތުން އެ މަނިކުފާނުގެ ފެކްޝަނުން ތުހުމަތުކުރާގޮތުގައި އެމްޑީޕީގެ ކޮންގްރެސްއަށް އަސާސީ ގަވާއިދާއި ހިލާފަށް މަންދޫބުން ވަނީ އައިސްފައެވެ.
މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ކޮންގްރެސްގެ މެންދުރުފަހުގެ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދުވެސް ވަނީ މި ވާހަކަދައްކަވާފައެވެ. އެގޮތުން އެމްޑީޕީގެ ކޮންގްރެސްއަށް އަސާސީ ގަވާއިދާއި ހިލާފަށް ގިނަ ބަޔަކު ގޮފި ހަދައިގެން އައިސްފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެމްޑީޕީގެ ކޮންގްރެސްއަށް އަސާސީ ގަވާއިދާއި ހިލާފަށް ގޮފިތައް ހަދައިގެން މިތަނަށް ވަޑައިގެން ތިއްބެވިކަން އެންމެންނަށްވެސް އެނގޭ. އަޅުގަނޑު އިއްޔެވެސް މިވާހަކަ ދެންނެވިން." ރައީސް ނަޝީދު ވިދާޅުވިއެވެ،
ރައީސް ނަޝީދު މިހެން ވިދާޅުވުމާއެކު ކޮންގްރެސް ހިނގަމުންދިޔަ މާލަމުގައި ތިބި ބައެއް މަންދޫބުން ވަނީ އަޑުގަދަކުރަން ފަަށާފައެވެ.
އެކަން ހުއްޓުވަން ރިޔާސަތުން ތަކުރާރުކޮށް މަސައްކަތް ކުރުމުންވެސް ކޮންގްރެސްތެރެ އަޑުމަޑުވީ އެތައް ފަހަރަކު އަޑުމަޑުކުރެއްވުމަށް ރިޔާސަތުން އެންގުމުންނެވެ. އަދި ބައެއް ފަރާތްތަކުގެ ނަންތައްވެސް ވަނީ އިއްވާފައެވެ.
އެމްޑީޕީގެ ކޮންގްރެސްއަށް އަސާސީ ގަވާއިދާއި ހިލާފަށް ގޮފިތައް ހަދައިގެން މަންދޫބުން ވަޑައިގެންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވިނަމަވެސް، އެމްޑީޕީގެ ކޮންގްރެސްއާބެހޭ ކަންކަން ބަލަހައްޓާ ކޮމިޓީން އެކަން ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު