އެމްޑީޕީ ހިންގުމުގައި އެޕާޓީގެ ކައުންސިލްތަކާއި، ޕާޓީގެ ގޮފިތަކުގެ ދައުރު ފުޅާކުރަންޖެހޭކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގައި އަސާސީ ގަވާޢިދަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޞާލިހު ވިދާޅުވީ، އެމްޑީޕީ ހިންގުމުގައި މިހާތަނަށްވެސް ކައުންސިލްތަކަށް އެންމެ އެކަށީގެންވާ ދައުރެއް ދެވިފައި ނުވާކަމަށާއި މިހާރު ހުށަހެޅިފައިވާ އިސްލާހުތަކުގައިވެސް އެޖާގަ އެންމެ އެކަށީގެންވާ ގޮތަކަށް ދެވިފައިނުވާކަމަށެވެ.
އެހެންކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޚާބު ވެފައިވާ އެމްޑީޕީގެ ކައުންސިލްތަކަށް އެމްޑީޕީގެ ޤައުމީ މަޖިލީހާއި، އެމްޑީޕީގެ ކޮންގްރެސްފަދަ ބޮޑެތި ސިޔާސީ ހަރަކާތްތަކުން ޖާގަ ލިބެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ކައުންސިލްތަކަށް އެޖާގަ ނުދެވޭނަމަ ސިޓީ ތަކަށް އެޖާގަ ދީގެން ނަމަވެސް ކައުންސިލްތަކަށް އެމްޑީޕީ ހިންގުމުގެ ފުރުސަތު ލިބެންޖެހޭކަމަށެވެ.
ރައީސް ޞާލިހު ވިދާޅުވީ ޕާޓީގެ ހަރަކާތްތައް ހިންގުމުގައި ޕާޓީގެ ގޮފިތަކުގެ ދައުރުވެސް މިހާރަށްވުރެ ބޮޑުކުރަން ޖެހޭކަމަށާއި ކޮންމެ ކޮންގްރެސްއަކާއި ގުޅިގެން އިންތިޚާބެއް ބާއްވައިގެން ކޮންގްރެސްގައި ބައިވެރިވާ މީހުން ކަނޑައެޅުމުގެ ބަދަލުގައި ގޮފިތަކުގެ ރައީސުންނަށް އެޖާގަ ދެވޭގޮތަށް އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަކީވެސް ބޭނުންތެރި ކަމެއްކަމަށެވެ.
ހުކުރު ދުވަހު ފެށި އެމްޑީޕީގެ ކޮންގްރެސް މިއަދު ނިމޭނެއެވެ. މިއަދު ކޮންގްރެސްގައި އެންމެ މުހިއްމު މަސައްކަތަކަށް އޮތީ ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ނިޒާމުގެ ގަރާރުގެ ބަހުސެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު
— MDP Secretariat (@MDPSecretariat) August 21, 2022
ދެއްކެވުން
އެމްޑޕީގެ 4 ވަނަ ކޮންގްރެސް ކުރިއަށްދަނީ#MDPCongress2022 pic.twitter.com/7uXbRWeLDR
ރައީސް ވިދާޅުވީ ހުރިހާ ކައުންސިލްތަކަށް އެޖާގަ ނުދެވޭނަމަ ސިޓީ ތަކަށް އެޖާގަ ދީގެން ނަމަވެސް ކައުންސިލްތަކަށް އެމްޑީޕީ ހިންގުމުގެ ފުރުސަތު ލިބެންޖެހޭކަމަށެވެ.
ރައީސް ޞާލިހު ވިދާޅުވީ ޕާޓީގެ ހަރަކާތްތައް ހިންގުމުގައި ޕާޓީގެ ގޮފިތަކުގެ ދައުރުވެސް މިހާރަށްވުރެ ބޮޑުކުރަން ޖެހޭކަމަށާއި ކޮންމެ ކޮންގްރެސްއަކާއި ގުޅިގެން އިންތިޚާބެއް ބާއްވައިގެން ކޮންގްރެސްގައި ބައިވެރިވާ މީހުން ކަނޑައެޅުމުގެ ބަދަލުގައި ގޮފިތަކުގެ ރައީސުންނަށް އެޖާގަ ދެވޭގޮތަށް އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަކީވެސް ބޭނުންތެރި ކަމެއްކަމަށެވެ.
ހުކުރު ދުވަހު ފެށި އެމްޑީޕީގެ ކޮންގްރެސް މިއަދު ނިމޭނެއެވެ. މިއަދު ކޮންގްރެސްގައި އެންމެ މުހިއްމު މަސައްކަތަކަށް އޮތީ ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ނިޒާމުގެ ގަރާރުގެ ބަހުސެވެ.
ކިޔުންތެރިންގެ ހިޔާލު