ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ގްރީން ފަންޑުން އަންނަ އަހަރު ކައުންސިލްތަކަށް ފައިސާ ދޫކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ދެއްކެވި ވާހަކައިގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޑް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ ޢާމްދަނީން ކުނި މެނޭޖްކުރުމަށް ބަޖެޓެއް ކަނޑައަޅައިގެން ކައުންސިލްތަކަށް އެފައިސާ ދޭން އަންނަ އަހަރު ފަށާނެކަމަށެވެ. އަދި މިއާއެކު ގޭބިސީތަކުން ކުނި ނެގުމަށް ބޭނުންވާ އުޅަނދުތަކާއި އެކަމަށް ބޭނުންވާ އިންސާނީ ވަޞީލަތްތަކާއި ހޯދަންޖެހޭ އެހެނިހެން ވަޞީލަތްތައް ކައުންސިލްގެ ބެލުމުގެ ދަށުން ހަމަޖެއްސުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.
ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެމީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައިވަނީ ގްރީންޓެކްސްގެ ގޮތުގައި ނަގާ މިންވަރު އިތުރުކުރުމަށް ނިންމާފައެވެ. އެގޮތުން ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ މަދުން ކޮޓަރި ރެޖިސްޓަރ ކޮށްފައިވާ ތަންތަނަށް އަންނަ ފަތުރުވެރިންގެ އަތުން އެތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނެގުމަށްވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު