ރިޔާސީ އިންތިޚާބުގެ ކުރިން އެހެން އިންތިޚާބަކަށް ދިޔުން ބުއްދިވެރި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކޮށް އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމާ ބެހޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގަރާރެއް ހުށައަޅާފައެވެ. މިހާރު ފެށިގެން ކުރިއަށްދާ އެމްޑީޕީގެ ކޮންގުރެސްގެ މާދާމާއަަށް އެ ގަރާރާއި މެދު ގޮތެއް ނިއްމަން ވަނީ އެޖެންޑާކޮށްފައެވެ.

މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ހާލަތާއި ވަގުތަށް ރިއާޔަތްކުރާއިރު އެމްޑީޕީއާއި ގައުމާ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ ޕާޓީ ގުޅިގެން ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ. އަދި، ރިޔާސީ އިންތިހާބުގެ ކުރިން އެހެން އިންތިހާބަކަށް ދިއުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.



"ރިޔާސީ އިންތިހާބުގެ ކުރިން އެހެން އިންތިހާބަކަށް ދިއުމަކީ ބުއްދިވެރި ކަމެއް ނޫން." ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން ނިހާދު ވިދާޅުވީ މިވަގުތު އެންމެ ރަނގަޅު ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ދެވަނަ ދައުރެއް ހޯދުމަށް މުޅި ޕާޓީ ގުޅިގެން މަސައްކަތް ކުރުން ކަމަށެެވެ. އަދި ވެރިކަމުގެ ނިޒާމުގެ ބަހުސް ކުރަންވީ އޭގެ ފަހުގައި ކަމަށް ނިހާދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކޮށް އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމާ ބެހޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ ގަރާރަށް ތާއިދު ނުކުރަށްވާކަން ރައީސް ސާލިޙު ވަނީ ހާމަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު