މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހިޔާ ފްލެޓް މަޝްރޫއުގެ ބައެއް ފްލެޓުތަކުގައި އަޅާފައި ހުރީ ހަމައެކަނި ފައުންޑޭޝަން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި މިއަދު ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީމި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހިޔާ ފްލެޓް މަޝްރޫއުގެ ބައެއް ފްލެޓުތަކުގައި އަޅާފައި ހުރީ ހަމައެކަނި ފައުންޑޭޝަން ކަމަށެވެ. އަދި ހިޔާ މަޝްރޫއުގެ ބައެއް ފުލެޓްތައް ކުރީގެ ސަރުކާރުން ކޮންމެވެސް ވަރަކަށް ހަދާ ނިއްމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅަން ފެށި ހިޔާ ފްލެޓްގެ ބޮޑުބައި ނިންމީ މި ސަރުކާރުން ކަމަށެވެ. އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުން ފެށި "ވިނަރެސް" ހައުސިން މަޝްރޫއުގެ ދަށުން އަޅަން ނިންމާފައި ހުރި ގިނަ ފްލެޓުތަކުގައި ފައުންޑޭޝަނެއް ވެސް ނެތް ކަމަށެވެ. އެކަން ވެސް ނިންމީ މި ސަރުކާރުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމިން ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް ވަނީ އަޅާފައެެވެ. އެފުލެޓްތަކުގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން މީހުން ދިރިއުޅެން ވަނީ ފަށާފައެވެެ. ހިޔާ ފްލެޓްތަކުގެ ތެރެއިން މީހުން ދިރިއުޅެން ދޫކުރި 6،720 ފްލެޓްގެ ތެރެއިން މިހާރު 6،000 އެއްހާ ފްލެޓްގައި މީހުން ދިރިއުޅެމުންދާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު