މި ސަރުކާރުން ނިންމާފައިވާ އަދި ފަށާފައިވާ މަޝްރޫޢުތަކާއެކު މިދިޔަ 4 އަހަރު ތެރޭގައި 19 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަރައްްޤީގެ މަޝްރޫޢުތަކަށް ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވަނީ ސަރުކާރުގެ އިޤްތިޞާދީ ތަސައްވަރު ހާމަކުރައްވާފައެވެ. އަދި މިހާތަނަށް ކުރެވިފައި ހުރި މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަރަށް ތަފްސީލީ ގޮތެއްގައި މައުލޫމާތު ދެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ކުރީން ސަރުކާރުތަކުގައި ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު މިދިޔަ 4 އަހަރު ކުރެވުނު ތަރައްޤީގެ މަސައްކަތްތައް އިތުރުކަމަށެވެ.
މިގޮތުން 2008 އިން 2018 އަށް 10 އަހަރުތެރޭ މިދާއިރާތަކުން ހިންގިފައިވަނީ އެންމެ 7.35 ބިލިއަން ރުފިޔާގެ މަޝްރޫޢުކަމަށާއި ނަމަވެސް މިސަރުކާރުން 4 އަހަރުތެރޭގައި ހިންގަން ނިންމައި އެކި މަރުހަލާތަކުގައި ހުރި މަަޝްރޫއުތަކުގެ ޖުމްލަ އަގު 19.39 ބިލިއަނަށް އަރާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ކޯވިޑުގެ ދަތިހާލުގައި 2 އަހަރު ގެއްލިގެން ދިޔަނަމަވެސް ސަރުކާރުން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ، އިޤްތިޞާދު ނެގެހެއްޓި ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު މިއަހަރު 12 އިންސައްތައާއި 18 އިންސައްތައާއި ދެމެދު ކުރިއެރުމެއް ހޯދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު އެންމެ ބާރަށް ކުރިއަރައި ދިޔަ ފަސް އިޤްތިޞާދުގެ ތެރޭގައި ރާއްޖެ ހިމެނުނުކަމަށެވެ. އަދި މިއަހަރުވެސް އިޤްތިޞާދީ ދުވެލި 12 އިންސައްތައަށްވުރެ މަތީގައި ހުންނާނެކަމަށް އަމީރު އަންދާޒާކުރައްވައެވެ.
މިއާއެކުވެސް މި ސަރުކާރުގެ އިޤްތިޞާދީ ތަޞައްވަރުގެ ތެރެއިން މިނޫންވެސް ބިޔަ ބޮޑެތި މަޝްރޫޢުތައް ހުރިކަން އަމީރު ފާހަގަކުރެއްވިއެވެ. އެގޮތުން ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް އަދި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓާއި ހަނިމާދޫ އެއަރޕޯޓް ތަރައްޤީގެ މަޝްރޫޢު އަދި މާލޭ ކޮމާޝަލް ބަނދަރުގެ މަޝްެރޫޢު ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު