މާލެ އަތޮޅު ހިންމަފުށީގައި ގެސްޓް ހައުސްއަކަށް ވަދެ ތަކެއްޗަށް ގެއްލުންދިން މީހަކާއި، އެރަށުގައި އިތުރު ހަމަނުޖެހުންތަކެއް ހިންގި 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހިންމަފުށީ ނޯވާ ގެސްޓް ހައުސްއަށް ގެއްލުންދިންކަމަށް ހަވީރު ރިޕޯޓުކޮށްފައިވާކަމަށާއި އެ މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ރޭ 32 އަހަރުގެ ފިރިހެނަކު ހައްޔަރުކުރިކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރުމާއި ގުޅިގެން އިތުރު ބަޔަކު ވަނީ ރޭ ދަންވަރު ނިކުމެ އެ ގެސްޓްހައުސް ކައިރީ ހަމަނުޖެހުން ހިންގާފައެވެ.

ފުލުހުން ބުނީ ރޭ ދަންވަރު ހިންގި ހަމަނުޖެހުމާއި ގުޅިގެން 20އ، 27އ، 29އ އަދި 37އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ސޯޝަލް މީޑިއާގައި ވަނީ އެ ގެސްޓް ހައުސްއަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް އާއްމުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު