ހއ. އުލިގަމާއި ގދ. ނަޑެއްލާގެ ޒަމާންވީ ބާ އިންޖީނުގެ ނިއްވާލައި، އެދެރަށުގެ އާ އިންޖީނުގެއާއި އާ އޮފީސް ހުޅުވައި ހިދުމަތް ދޭން ފަށައިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނީ، އުލިގަމުގައި 26 އަހަރު ވަންދެން ބޭނުންކުރަމުން އައި ބާ އިންޖީނުގެ ބަންދުކުރުމަށްފަހު، އާ އިންޖީނުގޭގެ ހިދުމަތް ދޭން ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުކަމަށެވެ. އަދި ނަޑެއްލާގައި 27 އަހަރު ވަންދެން ބޭނުންކުރި ބާ އިންޖީނުގެ ނިއްވާލައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ.
ފެނަކައިން ބުނީ އުލިގަމުގައި އަލަށް ހުޅުވި އިންޖީނުގޭގައި 304.58 އަކަމީޓަރު އަދި އޮފީސް ބައިގައި 158.26 އަކަމީޓަރު ހުންނާނެ ކަމަށެވެ.
އިންޖީނުގޭގައި ހަތަރު މުވައްޒަފުންނަށް އަދި އޮފީހުގައި 25 މުވައްޒަފުންގެ ޖާގަ ހުންނާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ. އުލިގަމުގެ އާ އިންޖީނުގެ ޑިޒައިންކޮށްފައިވަނީ 400 ކިލޯވޮޓްގެ ޖެންސެޓް ބެހެއްޓޭ ގޮތަށެވެ. މިހާރު އެތަނުގައި ބަހައްޓާފައި ހުރީ 458 ކިލޯވޮޓްގެ އިންޖީނެކެވެ.
މީގެ އިތުރުން ނަޑެއްލާގައި ކުރިން ހުރި އިންޖީނުގޭގެ ބިމުގެ ބޮޑުމިނަކީ 120 އަކަމީޓަރު ކަމަށްވިޔަސް، އަލަށް ހުޅުވި އިންޖީނުގޭގައި 223.80 އަކަމީޓަރު އަދި އޮފީހުގައި 158.26 އަކަމީޓަރު ހުންނާނެ ކަމަށް ފެނަކައިން ބުނެއެވެ. މިހާރު ހުރި ޖެންސެޓްގެ ކެޕޭސިޓީ އަކީ 538 ކިލޯވޮޓް ކަމަށާއި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯވޮޓްގެ ތިން ޖެންސެޓް ބެހެއްޓޭ ގޮތަށް ކަމަށްވެސް ފެނަކައިން ބުންޏެވެ.
މި އިންޖީނުގެތަކުގައި ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް، ސްޓޯ، ޕޭންޓްރީ، ފާހާނާ، ޗިމްނީ، ޑޭ ޓޭންކް، ޑީސަން ޓޭންކް ހުންނައިރު، އޮފީހުގައި މީޓިން ރޫމް، މެނޭޖާ ރޫމް، ރިސެޕްޝަން އަދި ލޮބީ، ޖެނެރަލް އޮފީސް، ސްޓޯ ރޫމް، ޕޭންޓްރީ އަދި ފާހާނާ ވެސް ހުރެއެވެ.
އިންޖީނުގެތައް ބަދަލު ވުމާއި ގުޅިގެން އެ ރަށްރަށުގެ ރައްޔިތުންދަނީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު