2012 ފެބުރުއަރީ 7 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި ދެކޮޅަށް ނުކުތް ގޮތަށް 7 ފެބުރުއަރީ އަލުން އިޢާދަކުރުމަށް ސިފައިންގެ ތެރެއިން ޖާގަ ނުދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެެވެ.
މާރިޔާ މިހެން ވިދާޅުވީ ޝޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގުރެސްގައި މިރޭގެ ޝެޝަންގައި ވާހަކަ ދައްކަވަމުންނެެވެ. މި ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ 7 ފެބުރުއަރީ އިއާދަކުރަން ސިފައިންގެ ތެރެއިން ފުރުސަތު ނުދެއްވާނެ ކަމަށެެވެ.
މާރިޔާ ވިދާޅުވީ އެކަމަށް ޖާގަ ނުދެއްވާތީ އެކަމުގެ ނުރުހުން އެކަަމަނާއަށް އަބަދުވެސް އޮންނާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ވާހަކަތައް ދައްކާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ޕީޕިއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް އެރުވުމަށް ރޭ ބޭއްވި އެއްވުމުގައި އަސްކަރިއްޔާ މިނިވަން ކުރަންޖެހޭ ކަމަށް ވިދާޅުވެ އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ވެސް މާރިޔާ ވަނީ ރައްދު ދެއްވާފައެވެެ. އެގޮތުން ރައްޔިތުންގެ ތާއިދެއް ނެތް މީހަކު ސިފައިން މެދުވެރިކުރުވައިގެން ނުވަތަ އެކިގޮތްގޮތަށް ކޯޓުން ހުކުމް ކުރުވައިގެން އެކަން ނުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު ވަރަށް އިތުބާރާއެކުގައި މިއަދު ތިބޭފުޅުންނަށް ދަންނަވާލަން އޮތީ ޓިކެޓް ދިން ޖަލްސާގަައި އަސްކަރިއްޔާ މިނިވަން ކުރަންޖެހެއޭ، އެ ޓިކެޓް ލިބުނު ފަރާތުން ވިދާޅުވި ކަމުގައިވިޔަސް ދެން މާތް ﷲ އިރާދަކުރެއްވިއްޔާ 7 ފެބުރުއަރީ ތަކުރާރު ކުރަން ސިފައިންގެ ތެރެއަކު ޖާގަ އެއް ނޯއްނާނެ. އެހެންވީމަ އެކަމުގެ ނުރުހުން އަޅުގަނޑަށް އަބަދުވެސް އޮންނާނެ އިދިކޮޅުން. އެކިއެކި ވާހަކަތަށް ވެސް ދައްކާނެ. އަޅުގަނޑުމެންގެ އާއިލާތަކާއި ވެސް ބެހޭނެ. އެ ނޫންގޮތްގޮތަށް ވެސް ބެހޭނެ." މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ޑިމޮކްރަޓިކް ނިޒާމަށް ސިފައިން އަހުލުވެރިކުރުވުން ކަމަށެވެ. އަދި ރައްޔިތުން ރުހޭ ގޮތަށް ރައްޔިތުން އިތުބާރު ކުރާ މުވައްސަސާ އަކަށް ސިފައިން ބަދަލުކުރެވިފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު