ވަކި ޕާޓީއެއް ވެރިކަމަށް ގެންނަން ނިޒާމު ބަދަލު ކުރަން ނުޖެހޭކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
މިހާރު ފެށިގެން ކުރިއަށްދާ އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމުގެ ގަރާރަށް ތާއީދު ހޯދައި އެގަރާރު ފާސްކުރުމަށް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންނެވެ. އަދި އެގޮތަށް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުގައި، އެމްޑީޕީއަށް ދެން ވެރިކަމަށް އާދެވެން އޮތް ހަމަ އެކަނި ގޮތަކީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށް ތަކުރާރުކޮށް ގެންދެވީ ވިދާޅުވަމުންނެވެ.
އެކަމާއި ގުޅިގެން ޑރ. އިޔާޒު މިއަދު ވިދާޅުވީ، ވަކި ޕާޓީއަކަށް ވެރިކަން ހޯދައިދިނުމުގެ ބޭނުމުގައި ނިޒާމު ބަދަލުކުރަން ނުޖެހޭ ކަމަށެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކަށް ރައީސް ޞާލިޙްގެ ފެކްޝަންގެ ބޭފުޅުން ގެންދަވަނީ ކޮންގްރެސްގެ ތެރޭގައި ވެސް ދެކޮޅު ހައްދަވަމުންނެވެ. އަދި އެކަމުގައި އެމަނިކުފާނު ޖައްސަވާ ހިސާބު މުޅިން ރަނގަޅު ނޫންކަމަށް އެ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު