އެމްޑީޕީގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ދޭން ނިންމައިފިނަމަ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޑުން ހުންނަވައި ޕާޓީއާއެކު ކުރިއަށް ވަޑަައިގަންނަވަން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނަށް ރިޔާސީ ޓިކެޓް ދިނުމާމެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށެވެ. އެގޮތުން ރައީސް ނަޝީދު ގެންދަވަނީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދެއްވުމުގެ ބަދަލުގައި، ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އެމްޑީޕީގެ ކޮންގްރެސްގެ ހަވާސާގެ ތެރެއިން މީޑިއާއަކަށް ދެއްވި އިންޓަރވިއެއްގައި ރައީސް ސާލިހު ވިދާޅުވީ ކޮންގްރެސްއަކީ ޕާޓީގެ އެންމެ ބޮޑު އެއްވުން ކަމަށާއި އެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކާ މެދު ކިތަންމެ ނުގަބޫލު ވިޔަސް އެކީގައި ކުރިޔަށް ދާން ޖެހޭނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގެންނެވުމަށް ރައީސް ނަޝީދު ހިތްހަމަޖެހިވަޑައި ނުގަންނަވަންޏާ ޖެހޭނީ މަޑުން ހުންނަވަންކަމަށާއި، އެކަމަކު ޕާޓީ ކުރިޔަށް ދާން ވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
"މިސާލަކަށް އަޅުގަނޑު ކެންޑިޑޭޓަކަށް ވީމަ ރައީސް ނަޝީދު އެކަމާ ހިތްހަމަ ނުޖެހޭ ކަމަށް ވަންޏާ، މަޑުން ހުންނަވާނީ. އެކަމަކު ޕާޓީ ކުރިޔަށް ދާން ވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ މެމްބަރުންގެ ނިންމުންތަކާ ހިތްހަމަނުޖެހިގެން އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ނިޒާމާއި ގުޅޭ ޤަރާރު މާދަމާއަށް ވަނީ އެޖެންޑާކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު