މާލެއަތޮޅު މާފުށީ ކުނި ކޮށްޓަށް ޖަމާކުރެވި އެތައް ދުވަހެއްވީ ކުނިފުނި ފުރަތަމަ ފަހަރަށް އެއްކޮށް ހުސްކޮށްފިއެވެ.
އެންވަޔަރަމަންްޓް މިނިސްްޓްރީން ބުނީ ގާތްގަނޑަކަށް 900 އަށްވުރެ ގިނަ ޓަނުގެ އެކި ބާވަތުގެ ކުނި ހިމެނޭ މިކުނިފުނި ހުސްކުރީ މިނިސްޓްރީން ވެމްކޯއާއި ހަވާލުކޮށްގެންކަމަށެވެ. އަދި މާފުށި ކުނި ކޮށިން ނެގި މިކުނިތައް ގެންދާނީ ތިލަފުށި ވޭސްޓް ފެސިލިޓީއަށްކަމަށް މިނިސްޓްރީން ބުނެއެވެ.
މާފުށްޓަކީ މާލެއަތޮޅުގެ ސިނާއީ މުހިންމު ރަށެކެވެ. ގެސްޓުހައުސްތަައް ގިނަ ރަށެކެވެ. އެހެންކަމުން އެރަށުގެ ކުނި ކޮށި ހުސްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައި އޮތް މުހިއްމު މަސައްކަތެއްކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހައްލުނުކުރެވި އޮތް ބޮޑުމައްސަލައެއްކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
އެންވަޔަރަމަންޓް މިނިސްްޓްރީން ބުނީ މި މަސައްކަތަކީ 3.5 މިލިޔަން ރުފިޔާގެ އަގުހުރި މަސައްކަތެއް ކަމަށެވެ. އަދި މިގޮތަށް ޖަމާވެފައިވާ ކުންފުނިތަކުގެ ތެރެއިން މާލެއަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތަކުން ހުރި ކުނިފުނިތައް ހުސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލެއަތޮޅު މާފުށީ ކުނިކޮށްޓަށް ޖަމާކުރެވި އެތައްދުވަހެއްވީ ކުނިފުނި ފުރަތަމަ ފަހަރަށް އެއްކޮށްހުސްކޮށް ނިމިއްޖެ. މިކުނިތައް ގެނެވޭނީ ތިލަފުށި ވޭސްޓް ފެސިލިޓީއަށެވެ.
— Min. of Environment, Climate Change and Technology (@MoEnvmv) August 20, 2022
900އަށްވުރެ ގިނަޓަނުގެ އެކިބާވަތުގެ ކުނި ހިމެނޭ މިކުނިފުނި ހުސްކުރީ މިނިސްޓްރީން ވެމްކޯއާއި ހަވާލުކޮށްގެން. pic.twitter.com/5bG98FkINh
މާފުށްޓަކީ މާލެއަތޮޅުގެ ސިނާއީ މުހިންމު ރަށެކެވެ. ގެސްޓުހައުސްތަައް ގިނަ ރަށެކެވެ. އެހެންކަމުން އެރަށުގެ ކުނި ކޮށި ހުސްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައި އޮތް މުހިއްމު މަސައްކަތެއްކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހައްލުނުކުރެވި އޮތް ބޮޑުމައްސަލައެއްކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
އެންވަޔަރަމަންޓް މިނިސްްޓްރީން ބުނީ މި މަސައްކަތަކީ 3.5 މިލިޔަން ރުފިޔާގެ އަގުހުރި މަސައްކަތެއް ކަމަށެވެ. އަދި މިގޮތަށް ޖަމާވެފައިވާ ކުންފުނިތަކުގެ ތެރެއިން މާލެއަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތަކުން ހުރި ކުނިފުނިތައް ހުސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު