ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައި ސަރުކާރެއް ދެކެވަޑައިނުގަންނަވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ނަސީމް މިހެން ވިދާޅުވީ ޝޯޝަލް ސެންޓަރުގައި މިހާރު ފެށިގެން ކުރިއަށްދާ އެމްޑީޕީގެ ކޮންގުރެސްގައި ވާހަކަ ދައްކަވަމުންނެެވެ. ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ރާއްްޖޭގެ ސިއްހީ ދާއިރާއަށް މިހާބޮޑަށް އަޅާލި ސަރުކާރެއް ނެތް ކަމަށެވެ. އަދި ސިއްހީ ދާއިރާއަށް މިހާބޮޑު އިންގިލާބީ ބަދަލެއް ގެނެސްދިން އެއްވެސް ސަރުކާރެއް ނެތް ކަމަށް ނަސީމް ވިދާޅުވިއެެވެ.
"މިހާތަނަށް ސިއްހީ ނިޒާމަށް މިހާބޮޑަށް އަޅާލާ ޒަމާންތަކަށް ދެމިގެންދާނެ އިންގިލާބީ ބަދަލެއް ގެނައި އެއްވެސް ސަރުކާރެއް އަޅުގަނޑުގެ ހަޔާތުގައި ނުދެކެން، މިކަހަލަ އެތަށް ސަބަބުތަކަށްޓަކައި ސިއްހީ ދާއިރާ އާއި ހަވާލުވެ ހުރި މީހެއްގެ ހައިސިއްޔަތުން މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަޅުގަނޑު ނިހާޔަތަށް ޝުކުރުވެރިވަން،" ރައީސް ސާލިޙު ބައިވެރިވެވަޑައިގެން އިންނެވި ކޮންގުރެސްގައި ނަސީމް ވިދާޅުވިއެވެ.
މީގެ އިތުރުން ނަސީމް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އުމުރާނީ ތަރައްގީއާއި އެއްހަމަޔަށް އިންސާނީ ވަސީލަތްތަކާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. ނަސީމް ވަނީ އެމްޑީޕީގެ ކޮންގުރެސްގައި ނިންމުންތަށް ނިންމާއިރު ސިއްހީ ދާއިރާ އާއި ގުޅުން ހުރި ކަންކަން ހެލްތް އެންޑް އޯލް ޕޮލިސީ އާއި އެއްގޮތަށް ނިންމުންތައް ނިންމުމަށް އެދިވަޑައިގެންފަައެވެ.
"މާނައަކީ ސަރުކާރުން ކުރާ ހުރިހާ ކަމެއްގެ ތެރޭގައި ވެސް ހެލްތަށް ކޮންމެވެސް ވަރަކަށް އަމާޒު ކުރަންޖެހޭކަން، ސިއްހަތަކީ ސިއްހީ ދާއިރާގެ މެންޓޭޑް ކަމަށް ވީނަމަވެސް މީހުންގެ ސިއްހީ ދުޅަހެއުކަން ބިނާވެގެން ދާނީ އެކަންކަމުގެ ހައްލު ވެސް ބިނާވަނީ ހުރިހާ ސެކްޓަރުން ކުރާ މަސައްކަތާއި ގުޅިފައި." ނަސީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު