ކޯލިޝަން ސަރުކާރެެއް ދެމެހެއްޓުމުގެ ރިކޯޑް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ މިއަދު ވިދާޅުވީ ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމުގެ ރިކޯޑް އޮތް ހަމައެކަނި ލީޑަރަކީ ރަައީސް ސާލިޙު ކަމަށެެވެ. ރާއްޖޭގައި ކޮންމެ ނިޒާމެއް އޮތް ނަމަވެސް 50 އިންސައްތަ ވޯޓް ހޯދޭނީ ކޯލިޝަން ހަދައިގެން ކަމަށް ޑރ. ޑީޑީ ވިދާޅުވިއެެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސް ކަމަށް އިންތިޚާބުވާ ބޭފުޅަކު 50 އިންސައްތަ އަށް ވުރެ މަތިން ވޯޓް ހޯދަންޖެހެއެވެ. އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް ފުރަތަމަ ބުރުން އެއް ޕާޓީއަކަށް އެ އަދަދަށް ވޯޓެއް ނުލިބެއެވެ.

އެހެންކަމުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާ ބޭފުޅަކަށް ޖެހެނީ އިތުރު ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން އެ އަަދަދަށް ވޯޓް ހަމަކުރުމަށެވެ.

އެގޮތުން ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީ އަދާލަތު ޖުމުހޫރީ ޕާޓީ އާއެކު ހެދި ކޯލިޝަންއެއްގެ ތެރެއިންނެެވެ. ރައީސް ސާލިޙުގެ ރިޔާސީ ދައުރު ހަމަވަމުންދާއިރު އެމަނިކުފާނަކީ މިހާތަނަށް އެންމެ ގިނަ ދުވަހު ކޯލިޝަން ދެމެހެއްޓި ލީޑަރަށް ވަނީ ވެގެން ގޮސްފައެވެެ. މީގެ ކުރިން 2008 ވަނަ އަހަރާއި 2013 ވަނަ އަަހަރު ވެެރިކަމަށް އައުމަށް ހެދި ކޯލިޝަންތައް ވެެރިކަމަށް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ވަނީ ރޫޅިފައެެެވެ.



ކިޔުންތެރިންގެ ހިޔާލު