ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ޕާޓީގެ ގިނަ މެންބަރުން އެދޭ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި މިއަދުގެ ޝެޝަންގައި ވާހަަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް ސާލިޙަށް އިތުރު ރިޔާސީ ދައުރެއްދިނުމަށް އެޕާޓީގެ ގިނަ މެމްބަރުން އެދޭ ކަަމަށެވެ. އެހެން ނަމަވެސް މިހާރު އޮތް ގޮތަށް އެމްޑީޕީ އޮވެއްޖެނަމަ އެޕާޓީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކަށް ފެނޭ ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ދެވަނަ ދައުރެއް ދޭން. އަޅުގަނޑުމެން ރައީސް ސާލިޙަށް ދެވަނަ ދައުރެއް ދިނުމަށް އެދުނު ނަމަވެސް އެއީ އަޅުގަނޑުމެންގެ އުއްމީދު،" އެމްޑީޕީގެ އިސްލީޑަރު އަދި ރައީސް ސާލިޙު ބައިވެރިވެވަޑަައިގެން ކުރިއަށްދާ މިއަދުގެ ކޮންގުރެސްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ބައިވެގެން ތިބެ ރިޔާސީ އިންތިހާބަކަށް ކުރިމަތިލައިިފި ނަމަ އެ އިންތިހާބު ކާމިޔާބުކުރަން އުނދަގޫވާނެ ކަމަށެެވެ. އެމްޑީޕީ އޮތް ހާލަތުން އަރައިގަތުމަށް ގޮތެއް ހޯދަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކޯލިޝަނާއެކު އެމްޑީޕީއަށް ލިބޭނީ 112،000 ވޯޓު ކަމަށާއި ޕާޓީ ބައިބައި ވެއްޖެނަމަ އެ އަދަދަށް ވޯޓު ނުނެގޭނެ ކަމަށެވެެ. އެގޮތުން މިއަދު ޕާޓީގެ ކަންކަން އޮތްގޮތަށް ބަލާއިރު 40،000 ވޯޓު އެމްޑީޕީއަށް ގެއްލޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.
"މުޅި ޕާޓީއާއެކު ނޫން ގޮތަކަށް އަޅުގަނޑަކަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތިޔަ ބޭފުޅުންނާއެކު ނުނިކުމެވޭނެ،" އެމްޑީޕީގެ ރަައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދަައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގެ ކޮންގުރެސްއަށް ހުށަހެޅުއްވި ގަރާރަކީ ބަރުލަމާނީ ނިޒާމް ގެނައުމާ ގުޅޭގޮތުން އެމްޑީޕީއަށް ފެންނަ ގޮތެއް ނިންމައިދިނުމަށް ހުށަހެޅުއްވި ގަރާރެއް ނޫން ކަމަށެވެ. އަދި އެ ގަރާރު ހުށަހެޅުއްވީ އެކަމާ ގުޅޭގޮތުން ދެކެނީ ކިހިނެއްތޯ ރައްޔިތުންގެ ކައިރީ އަހައިދިނުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެެ.
އެކަމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނޫނެކޭ ބުނަންވީ ސަބަބެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެެވެ.
އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ސޯޝަލް ސެންޓަރުގައި ފެށީ ރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު