ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވައި ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާއިރު އެންމެ ބޮޑު މަސައްކަތަކަށްވާނީ ދިވެހިރާއްޖޭގެ ހަރުމުދާތަކާއި ވަސީލަތްތައް ކޮމްޕްރޮމައިޒްވާ ގޮތަށް ހަދާފައި ހުރި އެއްބަސްވުންތައް ބާތިލް ކުރުން ކަމަށް ކުރީގެ ރައީސް، އަބުދު ﷲ ޔާމިން މިރޭ ވިދާޅުވެއްޖެއެެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ އެމަނިކުފާނަށް ޕީޕިއެމްގެ ރިޔާސީ ޓިކެޓް އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު މިހާރު ގެއްލިފައިވާ ކަމަށެވެ.
އެެމަނިކުފާނު އިންތިޚާބަކަށް ނިކުންނެވީ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެނގިވަޑައިގެން ހުންނަވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމިން ވިދާޅުވީ ރާއްޖެ މިއަދު އޮތީ އަޅުވެތި ވެފައި ކަމަށާއި އެމަނިކުފާނު އިންތިޚާބަށް ނުކުމެވަޑައިގަތީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް ކަމަށެެވެ.
އަދި ރާއްޖޭގެ ދަރަނީގެ ފުންމިނެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، ގައުމުތަކާއެކު ކޮށްފައި ހުރި އެގްރިމެންޓްތަކުން ސަލާމަތްވުމަށްޓަކައި އުފުލަންޖެހޭނީ ކިހާވަރެއްގެ ތަކުލީފެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"ރާއްޖޭގެ ހަރުމުދާ ގެއްލޭ ގޮތަށް ހަދާފައި ހުރި އެގްރިމެންޓްތައް ކެންސަލް ކުރަންޖެހޭ ބާތިލް ކުރަންޖެހޭ، ވުޖޫދުން ފޮހެލަން އެބަޖެހޭ، އެއީ އަޅުގަނޑުމެން ކުރަންޖެހޭ އެންމެ ބޮޑު މަސަައްކަތް. އެމަސައްކަތް މާތް ﷲ ވާގިފުޅާއެކު ކުރެވޭނެ. އެކަން ކުރަން ވެސް ޖެހޭނެ ބަޔަކު ރުޅި އަޔަސް އަޅުގަނޑުމެން ގައިން ހަމެއްދިޔަޔަސް ކުރަންޖެހޭ ކަމެއް." ރައީސް ޔާމިން ވިދާޅުވިއެވެ.
ޕީޕިއެމުން މިރޭ ބޭއްވި ޖަލްސާގައި އެޕާޓީއަށް ސަޕޯޓްކުރާ އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. އޭގެތެރޭގައި ރަށްރަށުން ޖަލްސާއަށް ގެނައި ގިނަ ބަޔަކު ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު