ރާއްޖޭގެ ދަރަނި އަދާކުރާ ވަރަށް ރިޒާވުގައި ފައިސާ ނެތް ކަމަށާއި މިހާރު ރިޒާވުގައި ހުރީ އެންމެ 280 މިލިއަން ޑޮލަރުކަމަށް ޕީޕީއެމްގެ ރައީސް، ރައީސް އަބުދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ޓިކެޓާ ރަސްމިީކޮށް ހަވާލުކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

މިޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 6،000 މިލިއަން ޑޮލަރުގައި ކަމަށެވެ. މިއީ އާބާދީގެ ކޮންމެ ބޮލަކަށް 250،000ރ. ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ މި ދަރަނި އަދާކުރާ ވަރަށް ރިޒާވުގައި ފައިސާ ނެތް ކަމަށެވެ. އެގޮތުން މިހާރު ރިޒާވުގައި ހުރީ އެންމެ 280 މިލިއަން ޑޮލަރު ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"މި ފައިސާ އަދާކުރާކަށް އަޅުގަނޑެެއް ގަބޫލެއް ނުކުރަން ބޭރުގެ ދައުލަތަކުން މި ފައިސާ ދޭނެ ކަމަކަށް އަދި ސަރުކާރުން މަސައްކަތް ކުރާއިރު އެކަމެއް ވެފައެއް، ނެތް މިއަދު ވެސް މި ސަރުކާރު ނޭވާލަމުންދަނީ އިހަށްދުވަހަކު ޖިޒީ ދައްކަންޖެހޭ ދިމާލަކަށް ދިޔައީމަ 100 މިލިއަން ޑޮލަރު ދޭނެ ކަމުގެ އުއްމީދުގައި، އެއީ ކިރިޔާ ވެސް މި ސަރުކާރު ރިސެސިނޭޓް މި ކުރާ ގޮތަކީ." ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ރައީސް ސޯލިހްގެ ކެރުންތެރިކަމާއި ގާބިލްކަން ނެތުމުން ރާއްޖޭގައި އޮތް ޑިމޮކްރެޓިކް ނިޒާމު މުޅިން އަނިޔާވެރި ކުފޫ ހަމަނުވާ ނިޒާމަކަށް ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު