ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް އިތުރު ރިޔާސީ ދައުރެއް ދިނުމަށް އެމްޑީޕީގެ މެމްބަރުން އަތުކުރި އޮޅާލަންޖެހޭ ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަަކަ ދައްކަވަމުންނެެވެ. ޝޯޝަލް ސެންޓަރުގައި މިރޭ ބޭއްވި އެމްޑީޕީގެ ކޮންގުރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީއަށް އިތުރު ދައުރެއް ލިބެންޖެހޭ ކަމަށެވެ. އެގޮތުން ރައީސް ސާލިޙަށް އިތުރު ދައުރެއް ދިނުމަށް އެމްޑީޕީގެ މެމްބަރުން އަތުކުރި އޮޅާލަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އެމްޑީޕީއަށް އިތުރު ދައުރެއް ބޭނުންވޭ، މި ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް އިތުރު ދައުރެއް ދިނުމަށް އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލާ އެންމެން މަސައްކަތް ކުރަމާ ހިންގަވާށޭ އަޅުގަނޑު ދަންނާވަލަން ބޭނުންވަނީ،" އެމްޑީޕީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ޚިޔާލު ތަފާތުވުންތަކުގައި އެމްޑީޕީއަށް އެކުގައި ނޫޅެވެންޖެހޭ ސަބަބެއް ނެތްކަމަކަމަށެވެ. އެޚިޔާލުތަފާތުވުންތަކާއެކުގައި ވެސް އެމްޑީޕީއަށް އުޅެވެން އެބަޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެމްޑީޕީން އަބަދު ބަދަލުތަކުގައި ތިބެންވީތޯ ނުވަތަ ގެނެވުނު ބަދަލު ރަނގަޅު ގޮތުގައި ދަމައްޓާނީތޯ ނިއްމަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"މިގެނެވުނު ބަދަލު ރަނގަޅަށް ހިންގާލަން އަޅުގަނޑުމެން މިއީ ކުރެވޭ ބޮޑު ސުވާލެއް، އަޅުގަނޑުމެން ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ ބަދަލުތަކުގައި ތިބެންވީތޯ ނުވަތަ މިގެނެވިފައިވާ މި މުހިންމު ބަދަލު އޭގެ ފޮނި ނަތީޖާ ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގައި އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރަންވީހޭ؟ ކޮންގުރެސްގައި އުއްމީދަކީ މި ސުވާލުތަކަށް ކޮންގުރެސްގައި ޖަވާބު ލިބިގެންދިޔުން." އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު