އިދިކޮޅު ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވިސް, ޕީޕިއެމްގެ ރިޔާސީ ޓިކެޓް އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް އަބުދުﷲ ޔާމިނަށް މިރޭ ރަސްމީކޮށް އަރުވައިފިއެވެ.
ރައީސް އަބުދު ﷲ ޔާމީނަށް ރިޔާސީ ޓިކެޓް އަރުވާފައިވަނީ "ހަވާލޭ ވަތަން" ގެ ނަމުގައި ޕީޕީއެމުން ކާނިވާ ސަރަހައްދުގައި މިރޭ ކުރިއަށްދާ ބޮޑު ޖަލްސާގައެެެވެ. އެމަނިކުފާނަށް ޕީޕިއެމްގެ ރިޔާސީ ޓިކެޓް ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހަވާލުކޮށްދިނުމަށް ރާއްޖޭގެ ކޮންމެ ރަށަކުން ވަނީ މަންދޫބެއް އެ ޖަލްސާއަށް ހާޒިރުވެފަ އެވެ. އެގޮތުން ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވަނީ ޕީޕިއެމް ޕީއެންސީގެ ރަށްރަށުގެ މަންދޫބުންގެ އަތުން ޓިކެޓް ހަވާލުކޮށް ޕާޓީގެ ލީޑަރޝިޕާއި ހަވާލުކުރުމަށްފަހުއެެވެ.
ރައީސް ޔާމީނަށް ޕީޕީއެމާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭން ދެ ޕާޓީގެ ސެނެޓުން ނިންމައި އެކަން އިއުލާންކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގައެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޔާމީނަށް އަރުވާފައިވާއިރު އެމަނިކުފާނާއި ދެކޮޅަށް ކޯޓުތަކުގައި ދައުވާ އުފުލާފައިވާ މައްސަލަތަށް ހިނގަމުންދާކަން ފާހަަގަކޮށްލެވެއެެވެ. އެ މައްސަލަތައް ސާބިތުވެއްޖެނަމަ ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސް ޔާމީން ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ފަސް އަހަރު ދައުރެއް ފުރިހަމަ ކުރައްވާފަ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަށްވައި ރައީސް ޔާމީނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު