ޖުމްހޫރީ ޕާޓީގެ އިސް މެންބަރުންތަކެއް އެ ޕާޓީ ދޫކޮށް އިދިކޮޅު ޕީޕީއެމަށް ދިޔަކަމަށް ބުނާ ވާހަކައަށް އެ ޕާޓީން ރައްދު ދީފިއެވެ.

ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު މުބީނާއި ޖޭޕީގެ ކެމްޕޭން އެންޑް އިލެކްޝަން ކޮމިޓީގެ ޗެއާ ޢަބްދުލް ހަމީދު، އިދިކޮޅު ޕީޕީއެމާއި ގުޅުނުކަން ޕީޕީއެމުން ހާމަ ކުރުމާ ގުޅިގެން ޖޭޕީން މިއަދު ބުނީ، ޖޭޕީ ދޫކޮށް ދިޔަ މެންބަރުންނަކީ އެ ޕާޓީގެ ބައެއް ނޫންކަން މާކުރިން ވެސް ގިނަބަޔަކަށް އެނގޭ ކަމަށެވެ. ޖޭޕީން ބުނީ އެ ފަރާތްތަކަކީ ޕާޓީގެ ކައުންސިލްގައި ހިމެނުނު ނަމަވެސް، ޕާޓީއަށް އެއްބާރުލުން ދޭ ބައެއް ނޫންކަމަށެވެ.

އަދި ޕާޓީން ވަކިވެގެން ދާން ބޭނުންވާ މީހުންނަށް އެ ދޮރުވެސް ޖޭޕީގައި ހުޅުވިފައިވާ ކަމަށާ، ޕާޓީއަށް އެއްބާރުލުން ނުދީ ތިބި ބަޔަކު އެހެން ޕާޓީއަކާ ގުޅުމަކީ ޖޭޕީގެ މެންބަރަކުންތަކެއް އެހެން ޕާޓީއަކަށް ދިޔުން ނޫންކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

"މުބީން ޕީޕީއެމަށް ދިއުމުން ހައިރާނެއް ނުވޭ. އަދި އޭނާ ޖޭޕީ ކައުންސިލަށް ވެއްދީ ދާދި އިހަކަށް ދުވަހަކު. ހަމީދަކީ ޖޭޕީ އިލެކްޝަން ކޮމިޓީގެ މެމްބަރު 2018 އިން ފެށިގެން. ނަމަވެސް މިދިޔަ މަޖިލިސް އިންތިހާބު އަދި ކައުންސިލް އިންތިހާބުގައި ޖޭޕީ އަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާ. އަދި ޖޭޕީ ކެންޑިޑޭޓާއި ވާދަކޮށް ލިބުނީ 30 އިން ދަށުގެ އަދަދެއްގެ ވޯޓުކޮޅެއް ލޯކަލް ކައުންސިލް މާލެއިން ވެސް." ޖޭޕީގެ ތަރުޖަމާން ޢަލީ ޞާލިޙް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހަޔާތެއް ޖޭޕީއާއިއެކު ހޭދަކުރަމުންދާ އިހުލާސްތެރި މެންބަރުންތަކެއް އެ ޕާޓީގައި އެބަތިބި ކަމަށާ، އެހެންކަމުން ޖޭޕީއަކީ އެގޮތަށް ބަލާއިރުވެސް އިތުބާރު ހިފޭ ޕާޓީއެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު