ޖޭޕީގެ ވިސްނުމާއި ފިކުރު ގނަ ބަޔަކަށް އެނގުން މުހިއްމުކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި ޖޭޕީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވީ ޖޭޕީއާ އަލަށް ގުޅުނު ޒުވާނުންތަކެއްގެ ފޯމް ހަވާލުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ނަހުލާ ވިދާޅުވީ ޖޭޕީއަކީ ގައުމާއި އިސްލާމްދީނަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި އަދި ހާއްސަކޮށް ޒުވާނުންނަށް ފުރުސަތު ފަހިވެފައިވާ ޕާޓީއެއްކަމަށެވެ.
ނަހުލާ ވިދާޅުވީ ޕާޓީއަށް މެންބަރުން އިތުރުކުރުމާއި ޕާޓީގެ ވިސްނުމާއި ފިކުރަކީ ކޮބައިކަން އެހެން ގިނަ މީހުންނަށް އެނގުން މުހިއްމު ކަމަށެވެ. އަދި ގިނަ ބަޔަކު ޕާޓީއާ ގުޅެންޖެހޭކަމާއި އަދި އެމީހުންގެ ފަރާތުން އިތުރު މީހުންވެސް ޕާޓީއާ ގުޅެންޖެހޭނެކަން ނަހުލާ ފާހަގަ ކުރެވި އެވެ.
"ފޮޓޯއެއް ނަގާލަން ކުރާ ކަމެއް ނޫން މިއީ، އަޅުގަނޑު އެދެނީ ޕާޓީގެ ވިސްނުމާއި ފިކުރު ވީހާވެސް ގިނަބަޔަކަށް އެނގުން. ގާސިމް އިބްރާހީމްގެ ފިކުރަކީ ޖުމްހޫރީ ޕާޓީގެ ފިކުރަކީ ކޮބައިކަން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒުވާނުންގެ ފަރާތުން ގެންދިއުން، ގާސިމް ގައުމަށްޓަކައި އޮތް ލޯތްބާއި ކޮށްދެއްވާފައިވާ ކަންކަން ކިޔައިދެއްވުން." ނަހުލާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ދަނީ އެޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށަށް ޒިޔާރަތްކޮށްގެންވެސް މިފަދަ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު