ހުޅުމާލޭގެ ހިޔާ ފެލެޓެއްގައި އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 8 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ ހިޔާ ޓަވަރެއްގައި ފިރިހެނުންތަކެއް ގައިގޯޅިވާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ރޭ އެތަނަށް ގޮސް ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔުމުން 8 ދުވަހުގެ މުއްދަތަށް އެމީހުން ބަންދު ކުރަން ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ކޮށްފައިވާކަމަށެވެ.
ހިޔާ ޓަވަރު 7 ގެ 10 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ދެ ބިދޭސީން ގައިގޯޅިވެ އުޅޭތަނުގެ ވީޑިއޯ ރޭ ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ. ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު