ސްޓެލްކޯއިން ބޭނުންކުރާ އިންޖީނެއްގެ ޓާބޯގައި މިއަދު ރޯވި އަލިފާން ކޮންޓްރޯލްކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ކުރި މަސައްކަތަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ތައުރީފް ކުރައްވައިފިއެވެ.
މާލެއަށް ކަރަންޓް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ބޭނުންކުރާ އިންޖީނެއްގެ ޓާބޯގައި މިއަދު ވަނީ އަލިފާން ރޯވެފައެވެ. ނަމަވެސް ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި އެ އަލިފާން ނިއްވާލާފައިވާކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވީ މިއަދު މާލެ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯގައި ރޯވި އަލިފާން އެކުންފުނީގެ މުވައްޒަފުންގެ ހުޝިޔާރުކަމާއެކު، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވަނީ ނިއްވާލާފައިކަމަށެވެ. އަދި ސްޓެލްކޯގެ މުވައްޒަފުންނަކީ މިފަދަ ކަންކަމަށް ތަމްރީނު ދެވި، އަބަދުވެސް ތައްޔާރަށް ތިބޭ ބައެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ސްޓެލްކޯ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީވެސް ވަނީ މިއަދު ހިނގި ހާދިސާގައި އިންޖީނުގޭގެ ފަޔަރސޭފްޓީ ސިސްޓަމް ވަރަށް ރަނގަޅަށް މަސައްކަތްކުރިކަން ފާހަގަކުރަށްވާފައެވެ.
ދީދީ ވިދާޅުވީ ސްޓެލްކޯ އިންޖީނުގޭގެ ފަޔަރ ސޭފްޓީ ސިސްޓަމް ވަރަށް އިފެކްޓިވްކޮށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަށްޓަކައި ޙަމްދު ކުރާކަމަށެވެ.
"މިއަދު މި ސަލާމަތްވީ ބޮޑު މުސީބާތަކުން." ދީދީ ވިދާޅުވެފައިވެއެވެ.
އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު ސްޓެލްކޯގެ އިންޖީނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ރިޕޯޓް ލިބުނީ 12:15 ގައިކަމަށެވެ. އަދި 12:26 ހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށެވެ.

މިއަދު މާލެ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯގައި ރޯވި އަލިފާން އަޅުގަނޑުމެންގެ މުވައްޒަފުންގެ ހުށިޔާރުކަމާއެކު، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވަނީ ނިއްވާލާފައި. އަޅުގަނޑުމެންގެ މުވައްޒަފުންނަކީ މިފަދަ ކަންކަމަށް ތަމްރީނު ދެވި، އަބަދުވެސް ތައްޔާރަށް ތިބޭ ބައެއް. pic.twitter.com/bo9XxVUHWn
— Ahmed Shareef (@ShareefRangondi) August 18, 2022
ސްޓެލްކޯ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީވެސް ވަނީ މިއަދު ހިނގި ހާދިސާގައި އިންޖީނުގޭގެ ފަޔަރސޭފްޓީ ސިސްޓަމް ވަރަށް ރަނގަޅަށް މަސައްކަތްކުރިކަން ފާހަގަކުރަށްވާފައެވެ.
ދީދީ ވިދާޅުވީ ސްޓެލްކޯ އިންޖީނުގޭގެ ފަޔަރ ސޭފްޓީ ސިސްޓަމް ވަރަށް އިފެކްޓިވްކޮށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަށްޓަކައި ޙަމްދު ކުރާކަމަށެވެ.
"މިއަދު މި ސަލާމަތްވީ ބޮޑު މުސީބާތަކުން." ދީދީ ވިދާޅުވެފައިވެއެވެ.
އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު ސްޓެލްކޯގެ އިންޖީނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ރިޕޯޓް ލިބުނީ 12:15 ގައިކަމަށެވެ. އަދި 12:26 ހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު