ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އުތުރު ކޮރެއާއަށް ކަނޑައަޅުއްވާ މަންދޫބެއްގެ ގޮތުގައި ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ހަމަޖައްސައިފިއެވެ.
މިމަގާމަށް ޑރ. ޖަމްޝީދު ހަމަޖައްސާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އޭގެކުރިން ޑރ. ޖަމްޝީދު ހުންނެވީ ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ޑަބްލިޔުއެޗްއޯގެ މަންދޫބުގެ ޑެޕިއުޓީގެ މަގާމުގައެވެ.
ޑަބްލިޔުއެޗްއޯގެ ވެބްސައިޓްގައި ވަނީ ޑރ. ޖަމްޝީދުގެ މަސައްކަތްޕުޅާއި ތަޖުރިބާ ވަރަށް ބޮޑަށް ފާހަގަކިށްފައެވެ. އެގޮތުން ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް އޮފީހާ 2013 ވަނަ އަހަރު ގުޅިވަޑައިގަތް ޑރ. ޖަމްޝީދު 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ރީނަޖަލް އެޑްވައިޒަރުގެ މަގާމާ ވަނީ ހަވާލުވެވަޑައިގެންފައެވެ.
ޑަބްލިއުއެޗްއޯއިން ފާހަގަކުރާ ގޮތުގައި ޖަމްޝީދުގެ ލީޑާޝިޕްގެ ދަށުން އެ ސަރަހައްދުގައި ވަނީ ބަލިތައް ކޮންޓްރޯލްކުރުމުގައި ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ.
ޑރ. ޖަމްޝީދަކީ ޕަބްލިކް ހެލްތުގެ ދާއިރާގައި 16 ވަރަކަށް އަހަރު މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި ޑރ. ޖަމްޝީދު ވަނީ 2012-2013 އަށް ރާއްޖޭގެ ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އުތުރު ކޮރެއާއަށް ކަނޑައަޅުއްވާ މަންދޫބެއްގެ ގޮތުގައި ޑރ. ޖަމްޝީދު ހަމަޖައްސަވާފައިވާއިރު، 2019 ވަނަ އަހަރު ވަގުތީ ގޮތުން އުތުރު ކޮރެއާގެ މަންދޫބުކަން ކުރެއްވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު