ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
ސިޓީ ކައުންސިލުގެ އިއްޔެގެ ބައްދަލުވުމުގައި މިގޮތަށް ފާސްކޮށްފައި ވަނީ ވިލިމާލޭގައި، ބަގީގެ ހިދުމަތް ދިނުމަށް ގާއިމްކުރި އެއްބަސްވުމާއި އެއްގޮތަށް ބަގީގެ ހިދުމަތް ދެމުން ނުދާތީ އެކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލްގައި މަޝްވަރާކުރުމަށްފަހުއެވެ.
އިންޖީނުލީ އުޅަނދު ދުއްވުން މަނާ ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ބަޔަކާ ހަވާލުކުރީ 2013 ވަނަ އަހަރު އިމް ޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
ނަމަވެސް ސިޓީ ކައުންސިލުގެ މެމްބަރުން ފާހަގަކުރާ ގޮތުގައި ވިލިމާލޭގައި ބަގީގެ ހިދުމަތް ދެމުން އަންނައިރު އެއްބަސްވުމާއި އެއްގޮތަށް ހިދުމަތެއް ނުލިބެއެވެ. ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ ވިދާޅުވީ ބަގީގެ ހިދުމަތް ދިނުމަށް ގާއިމްކުރި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ގިނަ އިނާޔަތްތަކެއްވެސް ދީފައިވާކަމަށެވެ. އެގޮތުން ވިލިމާލެއިން ދެ ބިން ހަވާލުކޮށްފައިވާއިރު، އެތަނުގައި އެ ކުންފުނިން ވިޔަފާރިކުރަމުންދާކަމަށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރީ އަދިވެސް ފުރިހަމަ ނުކޮށްކަމަށް ނަހުލާ ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ކުންފުންޏާއި މީގެކުރިން ވާހަކަ ދެއްކިނަމަވެސް ހިދުމަތަށް އެއްވެސް ބަދަލެއް ނާންނަކަމަށް ނަހުލާ ވިދާޅުވިއެވެ.
މިކަމާއި ގުޅޭ ގޮތުން ސިޓީ ކައުންސިލުގައި މަޝްވަރާކުރުމަށްފަހު ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކުރީ ބަގީގެ ހިދުމަތް ދިނުމަށް ހަދާފައިވާ އެއްބަސްވުން އުވާލުމަށެވެ. އަދި ގިނަވެގެން ތިން މަހުގެ ތެރޭގައި ކައުންސިލުން ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފެށުމަށް ކުރަންޖެހޭ ކަންކަންކޮށް އެ ހިދުމަތް ދިނުމަށްވެސް ކައުންސިލުން ފާސްކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު