އައްޑޫ ސިޓީ ކައުންސިލަށް އިދާރީގޮތުން ދިމާވާ ދަތިތައް ސިވިލް ސަރވިސް ކޮމިޝަން، ސީއެސްސީ އާއި ހިއްސާކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މި މަޝްވަރާތައް ސިވިލް ސަރވިސް ކޮމިޝަނަނާއެކު ބާއްވާފައި ވަނީ ‏އައްޑޫސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ފުރިހަމަކޮށް ހިދުމަތް ދިނުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް ސަރުކާރުގެ އިދާރާތަކާއި ކަމާއިގުޅޭ މުއައްސަސާތަކާއި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުން ތަކުގެ ތެރެއިންނެވެ.

މި މަޝްވަރާތަކުގެ ތެރެއިން ސިވިލް ސާވިސް ކޮމިޝަނާއެކު އައްޑޫ ސިޓީ ކައުންސިލުން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.



ސިޓީ ކައުންސިލުން ބުނީ މި ‏ބައްދަލުވުމުގެ ތެރެއިން. މިބައްދަލުވުމުގައި އައްޑޫސިޓީކައުންސިލްގެ މުއައްޒަފުންގެ އޮނިގަނޑު މުރާޖާ ކުރުމާއި، ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއިން ޤާބިލް މުވައްޒަފުން ހޯދުމުގައި ހުރި ދަތިތައް ކޮމިޝަނާއި ހިއްސާ ކުރިކަމަށެވެ. އަދި އެކަންކަމަށް ހައްލު ހޯދުމާއި ގުޅޭގޮތުން ދެފަރާތުގެ މެދުގައި މަޝްވަރާ ކުރެވިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު