ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި ނަމަވެސް، ބްރިޖުގެ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ، ހައުސިންގ އެންްޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އަސްލަމް ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރުމާއި ފަރަށް ލިބުނު ގެއްލުމުގެ މައްސަލަ ނުނިމި އޮތަސް، ބްރިޖުގެ މަސައްކަތަށް މަޑުޖެހުމެއް ނާންނޭނެ ކަމަށެވެ. އަދި ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށް މިހާރު އަންނަނީ އެސެސްމެންޓެއް ހަދަމުންކަމަށާއި އެ އެސެސްމެންޓުގެ ނަތީޖާ ލިބުމުން ފަރަށް ލިބުނު ގެއްލުމާއި ކުރާނެ ޖޫރިމަނާ އެނގޭނެކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިހާރު ދަނީ ބްރިޖް ޕްލެޓްފޯމް ފަރަށް އެރުމުން ފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރަމުންނެވެ.
މި ހާދިސާ ހިނގީ ވިލިމާލޭގެ އިރު ދެކުނު ކަންމަތީގައި ޖަހާ ބްރިޖު ތަނބުގެ މަސައްކަތް ކުރުމަށް ޕްލެޓްފޯމް އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި ޕްލެޓްފޯމް އެންކާ ކުރަން އުޅުމުގެ ތެރޭގައި އެންކާއަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.
މާލެ-ތިލަފުށި ބްރިޖް މަޝްރޫއަކީ މިހާތަނަށް އެންމެ ބޮޑު ހޭދައެއްކޮށްގެން މިސަރުކާރުން ހިންގާ އެންމެ ބިޔަ ޕްރޮޖެކްޓެވެ.
މި ބިޔަ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.

ކިޔުންތެރިންގެ ހިޔާލު