ތ. ތިމަރަފުށީގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ 100 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.
ތިމަރަފުށީގެ ހައުސިންގ މަޝްރޫޢަކީ އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ހައުސިންގ ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތުގެ 73 އިންސައްތަ ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތްކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫޢު އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާ އާއި ސިޓިންގ ރޫމާއި ލޯންޑްރީ އާއި ފްރަންޓް ޔަރޑްވެސް ހިމެނޭނެއެވެ.
އާބާދީގައި 2,500 އަށްވުރެ ގިނަ މީހުން އުޅޭ ތިމަރަފުއްޓަކީ 20 ހެކްޓަރުގެ ބިން އޮންނަ ރަށެކެވެ.
ތިމަރަފުށީގައި ހައުސިންގ މަޝްރޫޢުގެ އިތުރުން މަގު ހެދުންވެސް ދަނީ ކުރިއަށެވެ.
ތިމަރަފުށި މަގު ހެދުމުގެ މަޝްރޫޢަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢެކެވެ.
މިމަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ތިމަރަފުށީގެ 08 މަގެއްގައި ތާރުއަޅާ ރަނގަޅު ފެންވަރަކަށް ހެދުން ހިމެނެއެވެ. އެގޮތުން ތިމަރަފުށީގައި ހެދުމަށް ހަމަޖެހިފައިވަނީ 4 ކިލޯމީޓަރު (32،144 އަކަމީޓަރު) ގެ މަގެވެ.
75،704،226.92 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ތ. ތިމަރަފުށި ހައުސިންގ ޔުނިޓުގެ އެންމެ ފަހުގެ ތަފްސީލު pic.twitter.com/u4uGFLYDy6
— Min.of National Planning, Housing & Infrastructure (@MoNPHImv) August 18, 2022
އާބާދީގައި 2,500 އަށްވުރެ ގިނަ މީހުން އުޅޭ ތިމަރަފުއްޓަކީ 20 ހެކްޓަރުގެ ބިން އޮންނަ ރަށެކެވެ.
ތިމަރަފުށީގައި ހައުސިންގ މަޝްރޫޢުގެ އިތުރުން މަގު ހެދުންވެސް ދަނީ ކުރިއަށެވެ.
ތިމަރަފުށި މަގު ހެދުމުގެ މަޝްރޫޢަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢެކެވެ.
މިމަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ތިމަރަފުށީގެ 08 މަގެއްގައި ތާރުއަޅާ ރަނގަޅު ފެންވަރަކަށް ހެދުން ހިމެނެއެވެ. އެގޮތުން ތިމަރަފުށީގައި ހެދުމަށް ހަމަޖެހިފައިވަނީ 4 ކިލޯމީޓަރު (32،144 އަކަމީޓަރު) ގެ މަގެވެ.
75،704،226.92 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ހިޔާލު