ރާއްޖެ މިހާރު އޮތް ހާލަތުން ގައުމު ކުރިއަށް ގެންދެވޭނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކަމަށް އިނަމޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވެއްޖެއެެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ އިއުލާންކުރަށްވާފައެެވެ. އެކަމާއި ގުޅިގެން އިނަމޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އޭނާ ގަބޫލުކުރަށްވަނީ ރާއްޖޭގެ މިވަގުތުގެ ހާލަތާއި ސިޔާސީ އުދަރެހުން ފެންނަ ސިޔާސީ ބޭފުޅުންގެ ތެރެއިން މިހާރުގެ ހާލަތުގައި ރާއްޖެ ކުރިއަށް ގެންދެވޭނީ ގާސިމަށް ކަމަށެވެ. އަދި ގާސިމަކީ އެފަދަ ދެވަނަ އެއް ނެތް ބޭފުޅެއް ކަމަށް ފިރާގު ވިދާޅުވިއެވެ.

"ހަމަ ޔަގީނުން ވެސް ގިރިއަކަށް ފަރަކަށް ނާރުވާނެ،" އާ ގާނޫނު އަސާސީގެ ދަށުން އުފެދުނު ހުރިހާ ސަރުކާރެއް ވެސް ވެެރިކަމަށް ގެނައުމުގައި އިސްދައުރެެއް އަދާކުރަށްވާފައިވާ ގާސިމަަށް އިޝާރަތް ކުރަށްވަމުން ފިރާގު ވިދާޅުވިއެވެ.

ފިރާގު މީގެ ކުރިން ވެސް ވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖެއަށް މުހިންމު ބޭފުޅެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވާފައެވެ. އެގޮތުން ގާސިމަކީ ހިންގުމުގެ ތަޖުރިބާ އެންމެ އުސްމިނަށް ލިބިވަޑަައިގެން ހުންނެވި އުފެއްދުންތެރި ބޭފުޅެއް ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.

"ރަސް އޮންލައިން" އާއި ވާހަކަދައްކަވަމުން ގާސިމް މިއަދު ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެނޑިޑޭޓެއް ނެރޭނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ ނޫންތޯ ނިންމާނީ ޕާޓީގެ ކޮންގުރެސް އިން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ވެސް އަދި ނުލައްވަން ވެސް އަދި ނުނިންމަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

ރަޝީދް

26-Feb-2023

ފިރާގު އެވިދާޅުވީ ވަރަށް ބޮދު ތެދެއް. 2008 އިނ ފެށިގެން މިއަދާއި ހަމައަށް އައި ކޮންމެ ސަރުކާރެއް ވެސް އުފެދުނީ ޤާސިމް ތާއީދު ކުރެއްވުމުން. އަދި އެހުރިހާ ސަރުކާރެއްގައި ހަމަ ހިފެހެއްޓުމާއި ރައްޔިތުންނަށް ލާބައާއި މަމްފާ ހޮދުމުގެ އުސޫލުތަކަށް ވަކާލަތު ކުރެއްވީ ޤާސިމް. ރައްޔިތުންގެ އުއްމީދުތައް ކުރިއެރުވުމަށް ކުރެއްވި ވަކާލތުގެ ނަތީޖާ އަކަށްވީ ޤާސިމްގެ ތާއިދާއިއެކު އުފެދުނު އެސަރުކާރު ތަކުން ޤާސިމް އެކަހެރިކޮށް އަނިޔާވެރިވުން. ވީމާ ޤާސިމްގެ ތާއީދާއިއެކު އުފެދޭ ސަރުކާރެއް ގެނައުމުގެ ބަދަލުގައި ސީދާ ޤާސިމްގެ ސަރުކާރެއް ގެނައުން ރައްޔިތުންނަށް މާފާއިދާ ބޮޑުވާނެ އަދި ޤައުމުގެ ސުލްހަ މަސަލަސްކަމާއި, ކުރިއެރުމަށް މާބޮޑަށް ވެސް ފައިދާ ކުރާނެ.



ޓްރެންޑިން