ހުޅުމާލޭގެ އަތިރިމަތިން ނުރައްކާތެރި ބާވަތެއްގެ ޖެލީ ފިޝްތަކެއް ފެނިފައިވާތީ އަތިރިމައްޗާއި މޫދަށްދާ މީހުން އެކަމަށް ސަމާލުވުމަށް އެޗްޑީސީން އެދިއްޖެއެވެ.

އެޗްޑީސީން މިއަދު ބުނީ، ހުޅުމާލޭގެ އަތިރިމަތިން ގިނަ އަދަދަކަށް ފެންނަމުންދަނީ "ބްލޫ ބޮޓަލް" ނަމަކަށް ކިޔާ ބާވަތެއްގެ ޖެލީފިޝްތަކެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ބާވަތުގެ ޖެލީ ފިޝްއަކީ އެހާ ވިހަގަދަ އެއްޗެއް ނޫންނަމަވެސް، އެފަދަ ޖެލީފިޝް ގައިގައި ޖެހިއްޖެ ނަަމަ، އެތަނެއް ވަރަށް ބޮޑަށް ކަހާ ރަތްވެ ޖެހޭ ހިސާބެއްގައި ރިއްސާ ބާވަތެއްގެ ޖެލީ ފިޝް އެކެވެ.

މި ބާވަތުގެ ޖެލީ ފިޝް ހުޅުމާލޭގެ ފޭސް ދޭއްގެ ގޮނޑުދޮށުން ފެންނަމުން ދާއިރު ފޭސް އެކެއްގެ މޫދާ ގޮނޑުދޮށުން ވެސް މި ޖެލީފިޝްތައް ދަނީ ފެންނަމުންނެވެ.

އެހެންކަމުން އެޗްޑީސީން ކުރި ޓްވީޓެއްގައި ވަނީ މޫދަށް ގޮސް އުޅޭ މީހުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން