ވެރިކަމުގެ ނިޒާމުގެ ގޮތުގައި ރިޔާސީ ނިޒާމު އޮތުމާމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގަބޫލުފުޅު ކުރައްވާ ގޮތަށް ތާއީދުކުރައްވާ ކަމަށް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މައްސަލަ އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވުމާއި ގުޅިގެން ސިޔާސީ އެކި ބޭފުޅުން ގެންދަވަނީ އެކަމާމެދު ދެކިވަޑައިގަންނަވާ ގޮތް ހާމަ ކުރައްވަމުންނެވެ. އެގޮތުން، ރައީސް ޞާލިޙް ވެސް ވަނީ، މި ވަގުތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތުގައި އުޅެންވީ ވަގުތު ނޫންކަމަށާއި ރާއްޖެއަށް އެންމެ އެކަށީގެންވަނީ ރިޔާސީ ނިޒާމެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ނެންގެވުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.



މިކަމާ ގުޅޭގޮތުން މަޚްލޫފް މިއަދު ވިދާޅުވީ، ރައީސް ޞާލިޙް ރިޔާސީ ނިޒާމާމެދު ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދު ކުރައްވާކަމަށެވެ. އަދި މި ވަގުތާއި ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ނިޒާމެއްގައި ކުރިއަށް ދިއުންކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް މަޚްލޫފް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙްގެ ވިސްނުންފުޅު މިކަމުގައި ހުރިގޮތް އިއްޔެ ހާމަކުރެއްވުމާއިއެކު އެމަނިކުފާނަށް ތާއީދު ކުރާ ގިނަބަޔަކު ދަނީ އެމަނިކުފާނުގެ ވިސްނުންފުޅަށް ތާއީދު ކުރައްވާކަން ހާމަ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން