ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިމާވެެގެން މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫންކަމަށާއި، ނަޝީދަށް ދިމާވެގެން އުޅެނީ ނަފްސާނީ މައްސަލައެއްކަމަށް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ރީޖަނަލް އެއަރޕޯޓްސްގެ ރީޖަނަލް ޑައިރެކްޓަރގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ސައުދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި އިންނަވައިގެން ރައީސް ނަޝީދު ކުރައްވާ މަސައްކަތަކީ ސަރުކާރަށް ޖެއްސުންކުރުމާއި ގޯސް ހެއްދެވުންކަމަށް

ސައުދު ވިދާޅުވީ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ހައްދަވަނީ ހުސް ގޯސްކަމަށާއި ރައީސް ސާލިހްގެ ކެބިނެޓްގައި ތިބި ރަނގަޅު ވަޒީރުން ފްރޭމްކޮށް އެއްލާލީކަމަށެވެ. އަދި ވަޒީރުންނަށް ކުރި ތުހުމަތުތައްވީ ސައިބޯނި ބޮތްކަކަށް ކަމަށްވެސް ސައުދު ވިދާޅުވިއެވެ.



ސައުދު ވިދާޅުވީ ގަސްތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ބަލިކަށި ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން 2004 ވަނަ އަހަރު ރައީސް މައުމޫނާއި ދެކޮޅަށް ކުރި ޒާތުގެ ކެމްޕެއިނެއް ރައީސް ނަޝީދު ފަށްޓަވާފައިވާ ކަމަށެވެ.

ސައުދު ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކަތައް ގަބޫލުކުރާނެ ރައްޔިތެއް މިއަދު ނެތް ކަމަށެވެ.

"މިހާރު ތި ވިއްކަން އުޅޭ އެކައްޗެއްވެސް ނުވިއްކޭނެ. ގަބޫލުކުރާނެ ރައްޔިތެއްވެސް ނެތް. ޓެސްޓަޑް ފެއިލް ކޮރަޕްޝަން ބޮޑު ނިޒާމެއް މި ގައުމަކަށް ނުގެނެވޭނެ." ސައުދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން ރައީސް ނަޝީދު މަސައްކަތް ފަށްޓަވައިގެން އުޅުއްވިއެއްކަމަކު އެކަމަށް މާބޮޑު ތަރުހީބެއް ނުލިބެއެވެ. ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ގެންދަވަނީ އެކަމާއި ދެކޮޅު ހައްދަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން