މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑުބައެއް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.



އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 384 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މި މަޝްރޫޢަކީ 121.8 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށް އެމްޓީސީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން