އަދާލަތު ޕާޓީއަށް ސިޔާސީ ގޮތުން އެންމެ ފުރުޞަތު ފަހިވާނީ ބަރުލަމާނީ ނިޒާމެއްގައިކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ޓްވީޓްކުރައްވާފައި މިވަނީ ބަރުލަމާނީ އާއި ރިޔާސީ ނިޒާމާއި ގުޅޭ ބަހުސެއް ރާއްޖޭގައި އަނެއްކާވެސް ފެށިފައިވާ ދަނޑިވަޅެއްގައެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީއަށް ފުރުސަތު އެންމެ ފަހިވާނީ ބަރުލަމާނީ ނިޒާމެއްގައިކަމަށެވެ. ނަމަވެސް ޤައުމީ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރާކަށް އަދާލަތުގެ މެމްބަރުން އެއްގޮތަކަށްވެސް ނުރުހެނޭކަން ޔަގީންކަމަށް އިމްރާން ވިދާޅުވިއެވެ.



ބަރުލަމާނީ އަދި ރިޔާސީ ނިޒާމުގެ ބަހުސެއް އުފެދިފައި މިވަނީ އެމްޑީޕީގެ ކޮންގްރެސްއަށް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަަދަލުކުރުމާއި ބެހޭ ޤަރާރެއް ހުށަހަޅުއްވަން ރައީސް ނަޝީދު ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.

ބަރުލަމާނީއާ ގުޅޭ ޤަރާރެއް ހުށަހަޅުއްވަން ރައީސް ނަޝީދު ނިންމެވިޔަސް، ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ ސިޔާސީ ލީޑަރެއްވެސް އެކަމަށް ތާއީދެއް ނުކުރައްވައެވެ. އަދި ޤަރާރު އަނބުރާ ގެންދެވުމަށް ރައީސް ސާލިހުވެސް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން