ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކުރަށްވާ މަސައްކަތަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގަރާރެއް ވަނީ ހުށައަޅުއްވާފައެވެ. އެކަމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިރޭ ވިދާޅުވީ ޖުމްހޫރި ވެރިކަން ފެށުނީއްސުރެ ގައުމުގެ އެންމެ މަތީ ވެރިޔާ ހޮވުމުގެ ހައްގު ލިބިގެންވަނީ ދިވެހި ދަރިންނަށް ކަމަށެެވެ.
އަދި 2007 ވަނަ އަހަރު ނެގި ނިޒާމީ ވޯޓުގައި ދިވެހިން ތާއީދު ކުރާ ނިޒާމު ނިންމާފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ. ދުންޔާ ވިދާޅުވީ ގައުމުގެ ހާލަތު ހީނަރުވެފައި އޮއްވާ ނިޒާމު ބަދަލުކުރުމަށް މަޖިލީހުގެ ރައީސް މަސައްކަތް ފެއްޓެވުމަކީ ކަންބޮޑު ވާންޖެހޭ ކަމެއް ކަމަށެވެ.
"ގައުމުގެ ހާލަތާއި މެދު މަނިކުފާނުގެ (ރައީސް ނަޝީދުގެ) އެއްވެސް ކަންބޮޑުވުމެއް ނެތީތޯ؟" ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ ރައީސް ނަޝީދާއި ސުވާލު ކުރެއްވިއެވެެ.
ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ޤަރާރު އަނބުރާ ގެންދަވަން އެޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު މިއަދު ވަނީ އެދިވަޑަައިގެންފައެވެ.
ރާއްޖެ ޓީވީއަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ރައީސް ސާލިހު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ފާސްވާނެކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށެވެ. އަދި މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށާއި ރާއްޖެ އޮތީ މާ ޅަފަތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ވެރިއަކު އެކުލަވައިލެވޭ ސަރުކާރެއް އޮތުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ދިވެހި ރާއްޖޭގެ ޖުމްހޫރި ވެރިކަން ފެށުނީއްސުރެ ގައުމުގެ އެންމެ މަތީ ވެރިޔާ ހޮވުމުގެ ހައްގު ލިބިގެންވަނީ ދިވެހި ދަރިންނަށް.
— Dunya Maumoon (@dunyamaumoon) August 16, 2022
2007 ވަނަ އަހަރު ނެގުނު ވޯޓުގައި ދިވެހިން ތާއީދު ކުރާ ނިޒާމު ވަނީ ނިންމާފައި. https://t.co/7PdL6GK7Wm
"ގައުމުގެ ހާލަތާއި މެދު މަނިކުފާނުގެ (ރައީސް ނަޝީދުގެ) އެއްވެސް ކަންބޮޑުވުމެއް ނެތީތޯ؟" ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ ރައީސް ނަޝީދާއި ސުވާލު ކުރެއްވިއެވެެ.
ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ޤަރާރު އަނބުރާ ގެންދަވަން އެޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު މިއަދު ވަނީ އެދިވަޑަައިގެންފައެވެ.
ރާއްޖެ ޓީވީއަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ރައީސް ސާލިހު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ފާސްވާނެކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށެވެ. އަދި މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށާއި ރާއްޖެ އޮތީ މާ ޅަފަތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ވެރިއަކު އެކުލަވައިލެވޭ ސަރުކާރެއް އޮތުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު